މިދިޔަ ޖުލައި މަހުގެ 17 ވަނަ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި މިއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި އިފުތިތާޙު ކުރެވުނު މާވެހި ޕޯޓަލްގެ ގިނަ ޚިދުމަތްތައް މިއަދު އާންމުކުރެވިއްޖެއެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރެއްވި މި ޕޯޓަލަކީ ސިޓީ ކައުންސިލުންދޭ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.
މި ޕޯޓަލަށް ރަޖިސްޓަރީ ވުމަށް ފުރިހަމަ ކުރަން ޖެހޭ ބައިތަކާއި ފުރާނެ ގޮތް މިހާރުވަނީ މާލެ ސިޓީ ކައުންސިލްގެ ޓުވިޓަރ، ފޭސްބުކް،އަދި ޔޫޓިއުބްގައި ހިއްސާކުރެވިފައެވެ.
ވެރިފިކޭޝަން މަރުހަލާ ފުރިހަމަކޮށް ކަށަވަރުކުމަށް ވީޑިއޯ ވެރިފިކޭޝަން އަދި ފިސިކަލް ވެރިފިކޭޝަން މި ދެ ގޮތުން ކުރެ ކޮންމެވެސް އެއްގޮތެއް އިޚްތިޔާރުކުރެވިދާނެއެވެ. ވެރިފިކޭޝަން މުހިންމުވާ ސަބަބަކީ މި ޕޯޓަލް ގައި ކޮންމެ މީހެއްގެވެސް ޒާތީ މުހިންމު އެތަކެއް މައުލޫމާތު ހުރުމުގެ ސަބަބުން، އެމައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. ވެރިފައި ކުރަން ޖެހޭނީ ހަމައެކަނި އެއްފަހަރުއެވެ.

މި ޕޯޓަލް ޑިވެލޮޕް ކުރާ "އެކްސްކޯޕް" ކުންފުނީގެ ސީ.އޯ.އޯ ސިޔާޙް ޚަލީލް ވިދާޅުވީ ކުރިޔަށް އޮތް ތާނގާ އިތުރަށް ޕޯޓަލްގައި އަދި މުޅިން އާ ކޮންޕްލެއިންސް ސިސްޓަމްއެއް ހިމަނާނެކަމަށެވެ. އަދި ހަމަ އެއާއިއެކު ސިޓީގައިޑް، އަދި ވަރަށް އަވަހަށް ސިޓީ ވާކްސް މެޕް، އެއީ ސިޓީގައި ބަންދުކޮށްފައިވާ މަގުތަށް އެނގޭ ލައިވް މެޕް ޕޯޓަލްގައި މަހެއްހާ ދުވަސްތެރޭ ހިމެނޭނެކަމަށް ވެސް ވިދާޅުވިއެވެ.
މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުއްވުންތަކާއެކު އަދިވެސް އިތުރު އެތަކެއް އާ ލުއިފަސޭހަ ގޮތްތައް ތަޢާރަފު މާލޭ ސިޓީ ކައުންސިލްގެ "ޑިޖިޓަލް މާލެ" މި އަމާޒަށް ވާސިލުވުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
