ވިލިމާލެގައި ބަގީ ދުއްވަނީ

މާލެ ސިޓީ ކައުންސިލް އިދާރާ18 އޯގަސްޓް 2022


ވިލިމާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

ވިލިމާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ފާސްކޮށްފިއެވެ. މި ހުށައެޅުން ފާސްކޮށްފައިވަނީ މާލެ ސިތީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައެވެ.

ވިލިމާލޭގައި މިހާރު އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަނީ 99 ހޯލްޑިންސް ކިޔާ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އެހެން ނަމަވެސް އެކަށީގެންވާ ގޮތަށް ވިލިމާލޭގ ރައްޔިތުންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދެމުން ނުދާތީ މާލެ ސޓީ ކައުންސިލްގެ ބެލުމުގެ ދަށަށް އެކަން ބަދަލު ކުރަން ނިންމީއެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެމުން ނުދާތީ ދާއިރާގެ ރައްޔިތުންނަށް ގިނަ ތަކުލީފުތަކާއި ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން ބަލިމީހުން ބަރޮލުގައި އުފުލަން ޖެހުންފަދަ ހާދިސާތައް އެ ރައްޔިތުން ހިއްސާކުރައްވަމުން ދާކަން ނަހުލާ ފާހަގަކުރެއްވިއެވެ.

ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް އޮތްކަމަށް ކައުންސިލް ބައްދަލުވުމުގައި ވާހަކަދެއްކެވި މެމްބަރުން ފާހަގަކުރެއްވިއެވެ.