މާލޭގެ މޭޔަރު އަދި ކައުންސިލަރުން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރުން

މާލެ ސިޓީ ކަައުންސިލް އިދާރާ28 ސެޕްޓެމްބަރ 2022


މާލޭގެ މޭޔަރު ބުދަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރަށްވައިފި

މާލޭގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ބުދަ ދުވަހު ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ބުދަ ދުވަހު މޭޔަރު ޒިޔާރަތް ކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ގާތަށެވެ. މި ޒިޔާރަތުގައި ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު އަދި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިޚާބުގައި މޭޔަރު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.

މޭޔަރާ އަދި ކައުންސިލް މެންބަރުން ގޭގެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނީ ކައުންސިލުން އެކުލަވާލާފައި ވާ އެކަމަށް ޚާއްޞަ ތާވަލާ އެއްގޮތަށެވެ. މިޒިޔާރަތުގެ ތެރެއިން ރައްޔިތުންގެ ފަރާތުން ފާހަގަ ކުރެވޭ ކަންކަން ރަސްމީކޮށް ނޯޓް ކުރެވި އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.