ވިޔަފާރިވެރިންގެ މިސްކިތުގެ ސިޑީގައި ހޭންޑް ރެއިލިންގް ހަރުކޮށްފައި

މާލެ ސިޓީ ކައުންސިލް އިދާރާ03 އޮކްޓޯބަރ 2022


ވިޔަފާރިވެރިންގެ މިސްކިތުގެ ސިޑީގައި ހޭންޑް ރެއިލިންގް ހަރުކޮށްފި

ވިޔަފާރިވެރިންގެ މިސްކިތުގެ ސިޑީގައި ހޭންޑް ރެއިލިންގް ހަރުކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންގެ މިސްކިތު ގެ ސިޑިއަށް އަރާ ފޭބުމުގައި، ޚާއްސަކޮށް ވާރޭވެހި ތެމިފައި އޮންނަ އިރު، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ކުޑަކަމުން، މިސްކިތް ބޭނުންކުރާ ގިނަބަޔެއްގެ އެދުމުގެ މަތީން ހޭންޑް ރެއިންލިންގ ހަރުކޮށްދީފައިވާނެ ކަމުގައެވެ.

މާލެ ސިޓީގެ ގިނަ މިސްކިތްތަކެއްގައި މިހާރު އަންނަނީ އެކިއެކި މަސައްކަތްތަށް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ10 މިސްކިތެއްގައި ނެވިލޯނު އެޅުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.