ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ބައިވެރިވާ މާލެ ސިޓީ ކައުންސިލްގެ ޓީމާއި ޖާރޒީ ހަވާލުކުރުން.

މާލެ ސިޓީ ކައުންސިލް އިދާރާ05 އޮކްޓޯބަރ 2022


ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ބައިވެރިވާ މާލެ ސިޓީ ކައުންސިލްގެ ޓީމާއި ޖާރޒީ ހަވާލުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ބައިވެރިވާ މާލެ ސިޓީ ކައުންސިލްގެ ޓީމާއި ޖާރޒީ ހަވާލުކޮށްފިއެވެ.

ކުޅުން ތެރިންނާއި އޮފިޝަލުންނަށް ޖާރޒީތައް ހަވާލުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއެވެ. ޖާރޒީ ހަވާލު ކުރުމަށް ބޭއްވި ހަފްލާ ބާއްވާފައިވަނީ މިއަދު 14:00 ގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.

މާލެ ސިޓީ ކައުންސިލް ގެ ޓީމްގެ ކުޅުންތެރިންނަކީ:

1. ޙުސައިން ޝާވިން (މިޑްފީލްޑަރ)

2. އިބްރާހިމް ޝަހުދު (ޑިފެންޑަރ)

3. މުޙައްމަދު އަކްޝަމް އިލްޔާސް (ފޯަވަރޑް)

4. އިބްރާހިމް އަޤީލް (ފޯވަރޑް)

5. ހަމްދޫން އަބްދުއްލަތީފް (މިޑްފީލްޑަރ)

6. އަހުމަދު އައިހަމް (ޑިފެންޑަރ)

7. މޫސާ ހުސައިން ފުޅު (ޑިފެންޑަރ)

8. މުޙައްމަދު ޒާމިލް (ފޯވަރޑް)

9. ޢަލީ ސާޖިދު (ޑިފެންޑަރ)

10. އިބްރާހިމް މުޙައްމަދު (ފޯވަރޑް)

11. އަބްދުﷲ ޝަޔާން ޝާހިދު (މިޑްފީލްޑަރ)

12. މުޙައްމަދު ނާއިމް (މިޑްފީލްޑަރ)

13.މުޙައްމަދު ދާނިޝް (ގޯލް ކީޕަރ)

14. އިސްމާއިލް ޝަރީފް ( ގޯލް ކީޕަރ)

ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ބައިވެރިވާ މާލެ ސިޓީ ކައުންސިލްގެ ޓީމާއި ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލްގެ ޓީމްގެ ކޯޗުކަން ކޮށްދެއްވާނީ ދިވެހި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ އަހުމަދު މުޙައްމަދު (އަންމަޑޭ) އެވެ.

އަހުމަދު މުޙައްމަދަކީ ދިވެހި ރާއްޖޭގެ ޤައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ އެންމެބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވަނީ އޭއެފްސީ ކަޕްގައި ވާދަކޮށް އޭނާގެ ކެޕްޓަން ކަމުގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ހޯދައިދިން ބޮޑު ކާމިޔާބީ އާއިއެކުގައެވެ.

ޤައުމީ ޓީމާއި، ނިއުރޭޑިއެންޓްގެ އިތުރުން އަންމަޑޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބް ގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މިހާރު އޭނާ އަކީ ކްލަބް ޓީނޭޖްގެ ކެޕްޓަންއެވެ.

މާލެ ސިޓީ ކައުންސިލްގެ ޓީމްގެ ކޯޗް އަހުމަދު މުޙައްމަދު (އަންމަޑޭ) ޖާރޒީ އާއި ހަވާލުވަނީ.

މިއަދުގެ ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ މިފަދަ ތަޖްރިބާކާރު ކޯޗެއްގެ އެހީގައި މާލެ ސިޓީ ކައުންސިލްގެ ޓީމުން ފުރިހަމަ ކާމިޔާބީއެއް ހޯދިދާނެ ކަމަށް ޤަބޫލުކުރެވޭ ކަަމަށެވެ.

ނަރީޝް ވަނީ ކައުންސިލްގެ ޓީމަށް ހިތްވަރު ދެއްވާ މި މުބާރާތުގައި ފުރިހަމަ ކާމިޔާބީއެއް ކައުންސިލަށް ހޯދައި ދިނުމަށް ކުޅުންތެރިންގެ މަސައްކަތް ވަރަށް މުހިންމު ކަމުގައި ވިދާޅުވެފައެވެ.

ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލްގެ ޓީމާއި މުޚާތަބު ކުރައްވަނީ.

ކްލަބް މޯލްޑިވްސް ކަޕް 2022 ގައި ބައިވެރިވާ މާލެ ސިޓީ ކައުންސިލްގެ ޓީމާއި ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި މުބާރާތުގައި މާލެ ސިޓީ ކައުންސިލުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ 8 އޮކްޓޯބަރުވާ ހޮނިހިރު ދުވަހުއެވެ. މި މެޗުގައި ކައުންސިލްގެ ޓީމާއި ވާދަކުރާނީ ނިމިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ޓީމް ކަމަށްވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.