މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ "ސްޓާފް ނައިޓް" ގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މުވައްޒަފުންނާއި މުޚާތަބު ކުރައްވަނީ.

މާލެ ސިޓީ ކައުންސިލް އިދާރާ25 ނޮވެމްބަރ 2022


މާލެސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ހިތްވަރާއިއެކު މަސައްކަތްކުރަމުންދާ ޚާދިމުންތަކެއް: މޭޔަރ މުޢިއްޒު

މާލެ ސިޓީގެ މުވައްޒަފުންނަކީ މާލެ ސިޓީގައި ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގަ ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ޚާދިމުންތަކެއް ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ”ސްޓާފް ނައިޓް“ ގައި މުވައްޒަފުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ "ސްޓާފް ނައިޓް"ގެ ތެރެއިން.

ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތަށް ތަޢުރީފް ކުރައްވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތިބޭފުޅުންނަކީ ހަމައެކަނި މުވައްޒަފުންތަކެއް ނޫން. ޙަޤީޤަތުގައި ތިބޭފުޅުންނަކީ ވަރުގަދަ ފަހުލަވާނުންތަކެއް

މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރައްވާބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށާއި، ފުރަތަމަ ފަހަރަށް މިފަދަ ޙަފްލާއެއްބޭއްވުމަށް ނިންމެވީ މިކަން ޤަބޫލު ކުރައްވާތީ ކަމަށާއި،މުވައްޒަފުންނާއި އެކު މިފަދަ ޙަފްލާއެއް ބޭވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ "ސްޓާފް ނައިޓް"ގެ ތެރެއިން.

މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ މޭޔަރާއި ހުރިހާ ކައުންސިލަރުންގެ ނަމުގައި މޭޔަރ މުޢިއްޒު ވަނީ ހުރިހާމުވައްޒަފުންގެ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.