މާލެސިޓީ ކައުންސިލުން "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫޢު އިފްތިތާޙްކުރުން.

މާލެިސިޓި ކައުންސިލް އިދާރާ13 މާޗް 2023


މާލެސިޓީ ކައުންސިލުން "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫޢު އިފްތިތާޙްކޮށްފި

މާލެސިޓީ ކައުންސިލުން ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއިއެކު މާލެސިޓީގައި "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫޢު އިފްތިތާޙްކޮށްފިއެވެ.

ހޯމަ ދުވަހު އާރޓިފިޝަލް ބީޗް ސަރަޙައްދުގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މިސްޓަރ މަރ ޒުއޮޒިންއެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްފަހު މޭަޔަރު މުޢިއްޒު ވިދާޅުވީ މިއަދު މި އިފްތިތާޙް ކުރެވުނީ ވަރަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، މިއީ ޗައިނާގެ ޔުނާން ޕްރޮވިންސް އާއި މާލެސިޓީ ކައުންސިލާއި މަޝްވަރާކުރެވި ޔުނާން ޕްރޮވިންސްގެ ފަރާތުން ކައުންސިލަށް ދެއްވި ހަދިޔާއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އާރޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއިހަމަޔަށް ވަނީ "ސްމާރޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައެވެ. އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައެވެ. އެއަށްފަހު އެތެރޭގެ މަގުތަކުގައިވެސް އިތުރު ޕޯލްތައް ހަރުކުރެވޭނެއެވެ.

"ސްމާރޓް ސްޓްރީޓް ލައިޓް"ގެ ތަފްޞީލް ދެއްވަމުން މޭޔަރ ވިދާޅުވީ މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް،އަދި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން އެންވަރމަންޓް ސެންސަރ ހަރުކުރެވިފައިވާ ޕޯލްތަކެއްކަމަށެވެ.

"ސްމާރޓް ސްޓްރީޓް ލައިޓް" ޕޯލް.

މޭޔަރު ވިދާޅުވީ މި ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުމާއި، މުޖްތަމަޢުއަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކުގެ އިތުރުން ދުޢާތައް ވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުމާއި، މުޖްތަމަޢުއަށް ބޭނުންވާ މުހިންމު މެސެޖްތައް، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކުގެ އިތުރުން ދުޢާތައް ވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދިނުން

މީގެ އިތުރުން ވިޔަފާރީގެ އުޞޫލުން އިޝްތިހާރު ދެއްކޭނެ ޤަވާއިދެއް ފާސްކޮށް އެ ފުރުޞަތުވެސް ކުރިއަށްއޮތްތަނުގައި ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، އެކަމަށް އުޞޫލެއް ކަނޑައަޅާ އިޢުލާން ކުރެވޭނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

ސީސީޓީވީ ކެމެރާތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ މާލެސިޓީ ކައުންސިލްގައި ކަމަށާއި، އެއީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސިސްޓަމްގެ ތެރެއިން ބެލެހެއްޓޭނެ ކަމެއް ކަމުގައި މޭޔަރ ވިދާޅުވިއެވެ. އަދި ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވޭ ފުޓޭޖްތައް މިހާރެކޭ އެއްގޮތަށް ފުލުހުން ބޭނުންވެއްޖެ ޙާލަތެއްގައި ފުލުހުންނާއި ހިއްސާކުރެވޭނެ ކަމަށާއި، އަމާޒަކީ މާލެސިޓީ އަމާންތަނަކަށް ހެދުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މި ބޭނުންވަނީ މާލެސީޓީގެ މަސްރަޙަށް މޮޑަރން ރީތި ލުކެއް އަންނަން މި ޕްރޮޖެކްޓް ނިމޭއިރުގަ، އަދި މިއީ ފެށުމެއް

މޭޔަރު ވިދާޅުވީ އުންމީދަކީ ކުރިއަށްއޮތްތަނުގައިވެސް މިކަމުގައި އިތުރު އެހީތެރިކަން ލިބި ކައުންސިލްގެ ޕްލޭންގައިއޮތް ގޮތަށް މިކަންވެގެން ދިއުންކަމަށެވެ. އަދި ޔުނާން ޕްރޮވިންސްގެ މި އެހީތެރިކަމަށްޓަކައި މޭޔަރު މުޢިއްޒުވަނީ އެ ޕްރޮވިންސްއަށާއި، ފޮރިން މިނިސްޓްރީގެ އިތުރުން ޗައިނާ ގަވަރުނަރަށް ޝުކުރު ދަންނަވާފައެވެ.

ޙަޤީޤަތުގައި މިކަން ހަމަޖެހިގެން ދިޔައީ ދެ ސިޓީ ދޭތެރޭގައި މި އޮތް ގާތް ގުޅުމުގެ ސަބަބުން. އެބޭފުޅުންނަކީ ކުރީގައިވެސް މާލެސިޓީއަށް ވަރަށް އެހީތެރިކަން ދެއްވާފައިވަ ބޭފުޅުން

މިއަދު ފެށިގެންދިޔަ "ސްމާރޓް ސްޓްރީޓް ލައިޓް" މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލެސިޓީ" މަޝްރޫޢުގައި ހިމެނޭ ކަމެކެވެ.