200
Sitting
4
Term
Jun 25
Date
17
Attendance
200
Sitting
4
Term
Jun 25
Date
17
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 200 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
1. ހުށަހެޅުނު މައްސަލަ: އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް މުނިސިޕަލިޓިސީސް ސްޕޯޓްސް އެންޑް ޓުއަރިޒަމް ޖަމިއްޔާގައި މާލެ ސިޓީކައުންސިލުން ބައިވެރިވުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ފުރަތަމަ ކަމަކަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް މުނިސިޕަލިޓިސީސް ސްޕޯޓްސް އެންޑް ޓުއަރިޒަމް މި ޖަމިއްޔާގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވުމަށާއި މި ޖަމިއްޔާއަކީ ޒުވާނުންނަށް ފައިދާ ހުރި ގިނަ ހަރަކާތްތަކެއް ހިންގަމުންގެންދާ ޖަމިއްޔާއެއްކަމުން މި ޖަމިއްޔާގައިމިއިދާރާގެ ފަރާތުން ބައިވެރިވުމާމެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
2. ހުށަހެޅުނު މައްސަލަ: އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް މުނިސިޕަލިޓިސީސް ސްޕޯޓްސް އެންޑް އިން ފޮނުވާފައިވާ ދައުވަތު ގަބޫލްކޮށް މާލެއަކީ ވެލްނަސް ފްރެންޑްލީ (ދުޅަހެޔޮކަމާއި ރަހުމަތްތެރި) ސިޓީއަކަށް ބަދަލު ކުރުމަށާއި، އެގޮތުން މައި މަގުތައް ފިޔަވާ އެހެން މުގުތަކުގައި ހުކުރު ދުވަހުގެ ހެނދުނު 05:30އިން 09:00އަށް ދުއްވާ އެއްޗެހި ނުދުއްވާ ގޮތަށް ހަމަޖެއްސުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލެއަކީ ވެލްނަސް ފްރެންޑްލީ (ދުޅަހެޔޮކަމާއި ރަޙުމަތްތެރި) ސިޓީއަކަށް ބަދަލުކުރުމުގެ ގޮތުން، މާލެ ސިޓީގެ ކޮންމެ ދާއިރާއަކުންވެސް މަގުބަންދުކުރަން އެދިއްޖެނަމަ، އެ ދާއިރާއަކަށް އެފުރުސަތު އޮންނަގޮތަށް، ޢާއްމުންނަށް ދަތިނުވާނެހެން އިދާރީގޮތުން ބަލަންވާ ކަންކަން ބެލުމަށްފަހު ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 6:00 އިން 9:00 އަށް މަގުބަންދު ކުރުމުގެ ހުއްދަ ދިނުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
3. ހުށަހެޅުނު މައްސަލަ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމަށް ސިވިލް ސާރވިސް ކޮމިޝަނުން ކުރި އިޢުލާން ނަންބަރު 188-RERD-IUL/2025/15 (12 މާރޗު 2025) އާ ގުޅިގެން މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމަށް، ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން ބޭފުޅަކު އައްޔަނުކުރުމާ ގުޅޭގޮތުން ސިވިލް ސާރވިސް ކޮމިޝަނުން ފޮނުވާފައިވާ އެ ކޮމިޝަނުގެ ނަންބަރު 188-ERS/425/2025/9 (17 ޖޫން 2025) ސިޓީއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލޭ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން ކުރި އިޢުލާން ނަންބަރު 188-RERD-IUL/2025/15 (12 މާރޗު 2025) އާ ގުޅިގެން މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމަށް، ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްކަމުގައިވާ އަލްފާޟިލް ޢަބްދުލްމުޙައިމިން ނަސީރު (A099463) / އަހިގަސްދޮށުގެ، ވ.ފުލިދޫ އައްޔަނުކުރުމަށް ފާސްކުރުމާއި ގުޅޭގޮތުން ފެނިވަޑައިގަންނަވާ ގޮތަށްކަށް ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ
4. ހުށަހެޅުނު މައްސަލަ: މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ނަންބަރު 13-PU/425/2025/26 (21 މެއި 2025) ސިޓީން އެދިފައިވާ ސްކޭޓް ޕާރކް ތަރައްޤީ ކުރުމަށް އުސްފަސްގަނޑު ސަރަހައްދުން ބޭނުންވާ ބިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނަށް ހަވާލުކޮށްދިނުމަށް ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގަވާފައިވާތީ، އެ ބިން އެ މިނިސްޓްރީއާއި ހަވާލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ނަންބަރު 13-PU/425/2025/26 (21 މެއި 2025) ސިޓީން އެދިފައިވާ ސްކޭޓް ޕާރކް ތަރައްޤީ ކުރުމަށް އުސްފަސްގަނޑު ސަރަހައްދުން ބޭނުންވާ ބިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނަށް ހަވާލުކޮށްދިނުމަށް ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގަވާފައިވާތީ، އެ ބިން އެ މިނިސްޓްރީއާ ހަވާލުކުރުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
5.ހުށަހެޅުނު މައްސަލަ: ވިލިމާލޭގައި އިންޑޯ ބާސްކެޓް ކޯޓަކާއި އިންޑޯ ވޮލީ ކޯޓެއް ގާއިމް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ވިލިމާލޭގައި އިންޑޯ ބާސްކެޓް ކޯޓަކާއި އިންޑޯ ވޮލީ ކޯޓެއް ގާއިމް ކުރުމަށް ފުރުސަތު ހުޅުވާލާއިރު، ކޮމާޝަލް ކޮންޕޯނަންޓެއް ހިމަނައިގެން އެމަސައްކަތް އިޢުލާންކޮށްގެން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
6.ހުށަހެޅުނު މައްސަލަ: ވިލިމާލޭގެ ސްވިމިންގް ސަރަހައްދުގައި އަޅާ ފްލޯޓިންގ ޕްލެޓް ފޯމް އެޅުމަށް ފުރުސަތު ހުޅުވާލާއިރު ކޮމާޝަލް ކޮމްޕޯނަންޓެއް ހިމަނައިގެން އިއުލާން ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާ، ވިލިމާލޭގެ ސްވިމިންގް ސަރަހައްދުގައި އަޅާ ފްލޯޓިންގ ޕްލެޓްފޯމެއް އެޅުމަށް ފުރުސަތު ހުޅުވާލާއިރު ކޮމާޝަލް ކޮމްޕޯނަންޓެއް ހިމަނައި އެ މަސައްކަތް، އިޢުލާންކޮށްގެން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
















