204
Sitting
4
Term
Jul 23
Date
14
Attendance
204
Sitting
4
Term
Jul 23
Date
14
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 204 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
ހުށަހެޅުނު މައްސަލަ: ޢާއްމުޚިދުމަތްތަކާއިބެހޭބައި (ތައިސޭ ކޮށި) ގައިވާ ހުސްބިން ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މިއިދާރާގެ އާއްމުޚިދުމަތްތަކާއިބެހޭބައި (ތައިސޭކޮށި) ސާފުކޮށް އެތަނުގެ އެތެރެއިން ރަނގަޅު ހުސް ޖާގައެއްވެސް މިހާރުވަނީ ޤާއިމްކުރެވިފައި ކަމަށްވާތީ، މާލެ ސިޓީކައުންސިލްގެ އެހެނިހެން ބިންތައްވެސް ކުއްޔަށްދޭ އުސޫލުން އަކަފޫޓަކަށް ވަކިވަރެއް ކަނޑައަޅައިގެން ކުއްޔަށްދޭގޮތަށް ނިންމުނެވެ. އަދި ހަމައެއާއެކު، ޒުވާނުންގެ ހުނަރުތައް ދައްކާލުމަށްވެސް މާލޭގައި މިހާރު ތަނެއް ނޯންނާތީ، އެފަދަ ހުނަރުވެރިންގެ ހުނަރުތައް ދައްކާލުމަށް، ސީ.އެސް.އާރުގެ ދަށުން ދޫކުރާ އުސޫލަކުން ދިނުމަށްވެސް ނިންމުނެވެ. އަދި އޭގެތެރެއިން އިޖްތިމާއީ ހަރަކާތެއްނަމަ ބަލަންޖެހޭ ކަންކަމަށްބަލާ އެފަރާތްތަކަށް ހިލޭ ނުވަތަ ކުޑައަގެއްގައި ދޭ އުސޫލަކުން ކުރިއަށް ގެންދިއުމަން އިދާރީގޮތުން ހުށަހެޅި ހުށަހެޅުން ފާސްކުރުމަށް، ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މިއިދާރާގެ އާއްމުޚިދުމަތްތަކާބެހޭބައި (ތައިސޭކޮށި) ސާފުކުރެވިފައިވާތީ، އެތަނުގައި އެކަށީގެންވާ ހުސްޖާގަ އޮތަތީ، ޖާގައިގެ ބޭނުން މާލެ ސިޓީ ކައުންސިލަށާއި ޒުވާނުންނާއި ހުނަރުދައްކާލުމަށް ޝައުޤުވެރިވާފަރާތްކަށް އެންމެ ފައިދާހުރިގޮތަކަށް ފުރުސަތު ދިނުމަށް ވާހަކަދެކެވި، އަންނަނިވިގޮތަށް ހުށަހެޅުނެވެ.
1. މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ލޮނުޒިޔާރަތް ޕާރކު ކުއްޔަށްދޭ ރޭޓުން، އަކަފޫޓަކަށް ޖެހޭ ޢަދަދުބަލައި އެ ގޮތުގެ މަތިން ކުލި ނެގުމަށް. އެގޮތުން ކުރިއަށްދާއިރު
i) ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ބޭނުންވާފަރާތްތަކުން، ހާސިލް ކުރަން ބޭނުންވާ މަގުސަދު ހިމެނޭހެން ޕްރޮޕޯސަލް ހުށަހެޅުމުން، ޓިކެޓް ވިއްކައިގެން ނުވަތަ އާންމުންގެ އަތުން ފީއެއް ނުނަގާ ގޮތަށް ކުރިއަށްގެންދާ އިވެންޓެއް ނަމަ (CSR)ގެ ދަށުން ދޫކުރުމަށް. އަދި ޓިކެޓް ވިއްކައިގެން ނުވަތަ އާންމުންގެ އަތުން ފީނަގައިގެން ކުރިއަށްގެންދާ ކަމެއް ނަމަ، އަސްލުޖެހޭ އަގުގެ 2/1(ދެބައިކުޅަ އެއްބައި) ރޭޓެއްގައި ދޫކުރުމަށް.
ii) އެހެނިހެން އެކި ހަފްލާތަކަށް ނަމަ އަކަފޫޓަކަށް ޖެހޭ ޢަދަދުގެ %100 އަގު ނެގުމަށް.
އިދާރީގޮތުން ހުށަހެޅި މި ހުށަހެޅުމަށް ޚިޔާލުބަދަލުކޮށް މަތީގައި ބަޔާންކޮށްފައިވާގޮތަށް ފާސްކުރުމަށް، ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
ހުށަހެޅުނު މައްސަލަ: ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް ގެ ފަރާތުން ކުރިއަށް ގެންދަން ރާވާފައިވާ "މެޑިކަލް ކޭމްޕް 2025" ގެ ސްޕޮންސަރޝިޕް ހޯދުމަށްއެދި ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް ގެ ފަރާތުން ކުރިއަށް ގެންދަން ރާވާފައިވާ "މެޑިކަލް ކޭމްޕް 2025" އަށް ސްޕޮންސަރޝިޕް ހޯދުމަށް އެދި އެފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި އެދިފައިވާ 44,700/- ( ސާޅީސް ހަތަރުހާސް ހަތްސަތޭކަ)ދިވެހި ރުފިޔާގެ ސްޕޮންސަޝިޕް ދިނުމަށް ނިންމުނެވެ. އަދި ހަމައެއާއެކު، މެޑިކަލް ކޭމްޕް ހިންގާ ފަރާތާއެކު މާލެ ސިޓީ ކައުންސިލުން މި މެޑިކަލް ކޭމްޕްގައި ބައިވެރިވުމަށް ވެސް ނިންމުނެވެ. އިދާރީގޮތުން ހުށަހެޅި ހުށަހެޅުން ފާސްކުރުމަށް، ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.













