މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 207 ވަނަ ރަސްމީ ޢާއްމު ޖަލްސާ

207

Sitting

4

Term


Aug 13

Date

18

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 200 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

ހުށަހެޅުނު މައްސަލަ: ޗޮކްލެޓް ބްރަދާސް އިން 07 ޖުލައި 2025 ވަނަ ދުވަހު ހުށައަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކޮންސެޕްޓަށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި އަލިމަސް ކާނިވާ ސަރަޙައްދުގައި ކެފޭ / ރެސްޓޯރެންޓް ހިންގުމަށް ޗޮކްލެޓް ބްރަދާރސް ޕްރައިވެޓް ލިމިޓެޑް (C02642021) އަށް ދޫކޮށްފައިވާ (ޕްލޮޓް ނަންބަރު 09) ބިމުގައި ކެފޭ ޢިމާރާތްކުރުމަށް ބޭނުންވާ ކުރެހުން ފާސްކުރުމަށް ހުށަހެޅި ހުށަހެޅުމާއެކު "އެޕްރޫވްޑް ކޮންސެޕްޓް ޑްރޯވިންގ" ހުށަހަޅާފައިނުވަނީ، މާލެ ސިޓީ ކައުންސިލާ އެކު ކުރެވުނު އެއްވެސް މުޢާމަލާތެއްގައި އެކަން ފާހަގަކޮށްފައި ނުވާތީ ކަމަށާއި، މަސައްކަތް އަވަހަށްކުރިއަށް ގެންދިއުމަށް މިހާރު ބޭނުންވާތީ، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 07 ވަނަ ދުވަހު އެފަރާތުން ހުށަހަޅާފައިވާ "އެޕްރޫވްޑް ކޮންސެޕްޓް ޑްރޯވިންގ" ބަލައިގަނެ،މަސައްކަތް ކުރިއަށް ގެންދިއުން އެންމެރަންގަޅުކަމަށް ލޭންޑް އެންޑް ބިލްޑިންގ ކޮމިޓީން ނިންމާފައިވާތީ، އެގޮތުގެ މަތީން ކުރިއަށް ދިޔުމާމެދު ފެނިވަޑައިގަންނަވާގޮތެއް ނިންމުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ކައުންސިލްބިއުރޯއިން ފޮނުވާފައިވާ ނަންބަރު (MEMO)425-CB/425/2025/1542 އާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި ލޭންޑް އެންޑް ބިލްޑިންގ ކޮމެޓީން ނިންމާފައިވާ ގޮތަށް މާލޭ ސިޓީ ކައުންސިލްގެ ބިންތަކުގެ ތެރެއިން ސެލްފް ފައިނޭންސް އުސޫލުން، ތަރައްޤީކޮށް ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގައި، އުސޫލެއްގެ ގޮތުން ޓާރމްސް އޮފް ރިފަރެންސްގައި އިއުލާން ނަންބަރު: (IUL)425-A2/1/2025/149،(IUL)425-A2/1/2025/150(IUL)425-A2/1/2025/152 (IUL)425-A2/1/2025/153 ގައި ހިމެނޭ ކަންތައްތައް ރަނގަޅުކަމަށާއި 25 އަހަރަށް އެބިން ދިނުމާއިމެދު އެއްވެސް މައްސަލައެއް ނެތްކަމަށް ފެނިވަޑައިގަންނަވާ ބޭފުޅުން ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލް ފާސްކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި 03 އޮގަސްޓު 2025ގެ ތާރީޚްގައި އެކުލަވާލާފައިވާ "މާލެ ސިޓީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލް" ފާސްކުރުމަށް ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައިައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ރަސްފަންނުގައި ހެދުމަށް ހަމަޖެހިފައިވާ ފާޚާނާބަރި ހެދުމަށް ކަނޑައަޅާފައިވާ ތަނުގައި، މިހާރު ހުރި ކިއޮސްކް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން އެދިފައިވާގޮތަށް ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމަށް ލޭންޑް ކޮމިޓީން ނިންމާފައިވާތީ، އެ މައްސަލައާމެދު ގޮތެއް ނިންމުމަށް.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި ލޭންޑް އެންޑް ބިލްޑިންގ ކޮމެޓީން ނިންމާފައިވާ ގޮތަށް ރަސްފަންނުގައި ހެދުމަށް ހަމަޖެހިފައިވާ ފާޚާނާބަރި ހެދުމަށް ކަނޑައަޅާފައިވާ ތަނުގައި، މިހާރު ހުރި ކިއޮސްކް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން އެދިފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސިޓީ 491/425/2025/35 ގައި ބަޔާންކޮށްފައިވާ ކިއޮސްކް ގެ ލޮކޭޝަން އެ ސިޓީގައި ބަޔާންކުރެވިފައިވާ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއިއިމެދު ގޮތެއް ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި ލޭންޑް އެންޑް ބިލްޑިންގ ކޮމެޓީން ނިންމާފައިވާ ގޮތަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސިޓީ 491/425/2025/35 ގައި ބަޔާންކޮށްފައިވާ ކިއޮސްކް ގެ ލޮކޭޝަން އެ ސިޓީގައި ބަޔާންކޮށްފައިވާ ސަރަހައްދަށް ބަދަލުކުރުމަށް ފަހު ފާހާނާ ބަރި އަޅާގޮތަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލްގެ ލެންޑްޔޫސް ޕްލޭނާ ބެހޭގޮތުން މަޝްވަރާކުރުމާއި، ލޭންޑް އޮޑިޓްގެ ކަންތައްތައް ގޮސްފައިވާ ހިސާބު ހިއްސާކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި އެލްޔޫޕީއަށް ރީވިޒިޓް ކުރުން ކައުންސިލްގެ އެޕްރޫވަލްއާ އެކުގައި މި އެކްސަސައިޒް ފަށައިގަނެވެން އަންނަކަމަށައި އެހެން ކަމުން ލޭންޑް ޔޫސް ޕްލޭން ރީވިސިޓް ކުރުމަށް ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ސްޓެލްކޯ އިން ފޮނުވާފައިވާ ސިޓީ 6-A/425/2025/04 ގައި ބަޔާންކުރެވިފައިވާ ސަބްސްޓޭޝަން ޤާއިމްކުރުމަށް 30*30 ފޫޓު ބިމެއް ހަމަޖެއްސުމާއި ގުޅޭގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި ލޭންޑް އެންޑް ބިލްޑިންގ ކޮމެޓީން ނިންމާފައިވާ ގޮތަށް ސްޓެލްކޯ އިން ފޮނުވާފައިވާ ސިޓީ 6-A/425/2025/04 ގައި ބަޔާންކުރެވިފައިވާ ސަބްސްޓޭޝަން ޤާއިމްކުރުމަށް ވިލިމާލޭގެ 30*30 ފޫޓު ބިމެއް ހަމަޖެއްސޭނީ އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 06 މަސް ދިނުމަށާއި، އެހެންތަނަކަށް އެސަބްސްޓޭޝަން ބަދަލުކުރަން ބޭނުންވާނަމަ 03 މަސް ދުވަސް ކުރިން ކައުންސިލަށް އަންގާގޮތަށް ފެނިވަޑައިގަންނަވާ ބޭފުޅުން ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ފިއުލް ސަޕްލައި މޯލްޑިވްސްއަށް ވިލިމާލޭގައި ފިއުލް ސްޓޭޝަނެއް އެޅުމަށް ބިމެއް ކަނޑައަޅައި އެބިމުގެ ކުލި އަދި ކުއްޔަށް ދޭނެ މުއްދަތު މުރާޖާކޮށް އަލުން ކުލި އަދި މުއްދަތު ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި ލޭންޑް އެންޑް ބިލްޑިންގ ކޮމެޓީން ނިންމާފައިވާ ގޮތަށް ފިއުލް ސަޕްލައި މޯލްޑިވްސް އަށް ވިލިމާލޭގެ ބަނދަރުގައި ފިއުލްޝެޑެއް އެޅުމަށްޓަކައި ވިލިމާލޭގެ ބަނދަރު ސަރަހައްދުން މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަނުން ކުރަހާފައިވާ ޗާޓާ އެއްގޮތްވާގޮތަށް(ޖުމްލަ ފަސްހާސް އަކަފޫޓު)،އަކަފޫޓަކަށް 10 ރުފިޔާގެ މަގުން، މަހު ކުލި ކަނޑައަޅައި، 25(ފަސްސަވީސް) އަހަރުގެ މުއްދަތަށް ދިނުމަށް ނިންމުނެވެ. އަދި، ބުނެވިދިޔަ، ބިމުގެ ކުލި ކޮންމެ 5 އަހަރަކުން މުރާޖަޢާ ކުރުމަށާއި، ގްރޭސް ޕީރިއެޑެއްގެ ގޮތުގައި 1 އަހަރުގެ މުއްދަތެއް ދިނުމަށް ނިންމުނެވެ. އިސްވެ ބަޔާންކުރެވުނު ކަންތައްތައް ފާސްކުރުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މި ކައުންސިލްގެ ވޯކް ސޮޕްގައި މަސައްކުރާ މުވައްޒަފު ރިޓަރޔަ ކުރުމާއި ގުޅިގެން އެ މަގާމްއަށް އިތުރު މުވައްޒަފަކު ނެގުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި މި ކައުންސިލްގެ ވޯކް ސޮޕްގައި މަސައްކުރާ މުވައްޒަފު ރިޓަރޔަ ކުރުމާއި ގުޅިގެން އެ މަގާމަށް އެ ކެފާސިޓީގައި މަސައްކަތް ކުރާނެ ކޮންޓްރެއްޓް މުވައްޒަފަކު ނެގުމަށް ފެނިވަޑައިގަންނަވާ މެންބަރުން ވޯޓުދެއްވުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.