މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 211 ވަނަ ރަސްމީ ޢާއްމު ޖަލްސާ

211

Sitting

4

Term


Sep 10

Date

8

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 211 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

ހުށަހެޅުނު މައްސަލަ: 2026 ވަނަ އަހަރަށް މާލެ ސިޓީ ކައުންސިލްގެ ލަފާކުރި ބަޖެޓް ފާސްކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. 2026 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓު 408,340,067.55 (ހަތަރު ސަތޭކަ އަށް މިލިއަން ތިންލައްކަ ސާޅީސް ހާސް ފަސްދޮޅަސް ހަތް ރުފިޔާ ފަންސާސް ފަސް ލާރި) ގެ ބަޖެޓް މިއަދުގެ ކައުންސިލް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ މުބާރާތަކީ ފުރިހަމަ މުބާރާތަކަށް ހެދުމަށް ކެރަމް އެސޯސިއޭޝަންއާ ގުޅިގެން ކުރެވިދާނެކަންކަމާ އަދި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާ ކެރަމް ވޯލްޑްކަޕް ފުރިހަމަ މުބާރާތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި އެފަރާތުން އެދިލައްވާފައިވާ ފަދައިން ފައިސާގެ އެހީގެ ގޮތުގައި 2 ލައްކަ ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް ދިނުމަށާއި،ކެރަމް އެސޯސިއޭޝަނުން, އިންޓަރނޭޝަނަލް ކެރަމް ފެޑަރޭޝަން އަށް ދައްކަންޖެހޭ އަހަރީ ފީ ކޮންމެ އަހަރަކު ދައްކައިދިނުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލުން " ސިޓީ ނެޓް" ގައި ބައިވެރިވުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މާލެ ސިޓީ ކައުންސިލުން "ސިޓީ ނެޓް" ގައި ބައިވެރިވުމަށާއި، މިފަދަ ޖަމިއްޔާތަކުގައި ކައުންސިލުން ބައިވެރިވުމަކީ އެކި ގޮތްގޮތުން ކައުންސިލަށް ފައިދާ ކުރާނެ އަދި ކުރިއެރުންތައް ލިބިގެން ދާނެ ކަމެއްކަމުގައި ދެކޭތީ، "ސިޓީ ނެޓް" ގައިމިއިދާރާއިން ބައިވެރިވުމާއި މެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލޭގެ މަގުތަކުގެ ދުވާރު މަތީ އަދި ކަންކަން މަތީގައި (ވީލްޗެއަރ ދުވާރުމައްޗަށް އެރާ ފޭބުމަށް ޚާއްސަ ތަންތަން) ޕާރކު ކުރާ މައްސަލައަށް ހައްލެއް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މާލޭގެ މަގުތަކުގެ ދުވާރު މަތީ އަދި ކަންކަން މަތީގައި (ވީލްޗެއަރ ދުވާރުމައްޗަށް އެރާ ފޭބުމަށް ޚާއްސަ ތަންތަން) ޕާރކު ކުރާ މައްސަލައަށް ހައްލެއް ގެނައުމަށާއި މިސްކިތްތަކަށް އަރާ ފައިވާ ފަރާތްތަކަށާއި އަދި އެމްބިއުލާންސްއަށް ބަލިމީހާ އަރުވާ ބޭލުމަށްވެސް ވަރަށް ދަތިތަކާއި ކުރިމަތި ވަމުންދާތީ، ފުލުހުންނާއި ގުޅިގެން މިއަދުން ފެށިގެން އެފަދަ ތަންތަނުގައި ޑަބަލް ރޮނގު ދަމާ، އެފަދަ ތަނެއްގައި ޕާރކު ކުރުމުން ވެހިކަލް ޓޯ ކުރާނެކަން އަންގާފަދަ ބޯޑެއް ބެހެއްޓުމަށް ފެންނާތީ އެކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ުށަހެޅުނު މައްސަލަ: މާލެ ސަރަހައްދުން ކުއްޔަށް ދޫކޮށްފައިވާ ޕާރކިން ސްލޮޓްތައް ކެންސަލް ކުރުމަށް،އާންމު އިޢުލާނެއް ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ ވެހިކަލް ޕާރކިންއަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށްދިނުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްނޫން ކަމުގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ޤާނޫނީ ލަފައެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ފޮނުވުމާއި ގުޅިގެން، އެ މިނިސްޓްރީން އެދިފައިވާ ގޮތަށް، މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައިވާ ޕާރކިންގ ސްލޮޓްތަކަކީ އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ނޫން ކަމުގައި ކަނޑައެޅުމަށް ނިންމެވިއެވެ. އަދި އެތަންތަނުގައި 23 ސެޕްޓެމްބަރ 2025 އިން ފެށިގެން ކޮންމެ ޢާއްމު ރައްޔިތަކަށްވެސް ޕާރކް ކުރެވޭނެކަން އަންގާ ޢާއްމު އިޢުލާނެއް ކުރުމާއި މެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ:

މޯލްޑިވްސް އިސްލާމިކް ބޭންކްއިން އެ ބޭންކްގެ ހަރަދުގައި ތަރައްޤީކޮށް ބެލެހެއްޓުން ކުރިއަށް ގެންދާގޮތަށް، ހުށަހަޅާފައިވާ ބަސްސްޓޮޕްތައް އެފަރާތަށް ދޫކުރާނެ މުއްދަތެއް ކަނޑައެޅުން.

މައްސަލަ ނިމުނުގޮތް:

މޯލްޑިވްސް އިސްލާމިކް ބޭންކްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ، މިންތަކާއި ޑިޒައިނާ އެއްގޮތަށް ތައިސޭކޮށި، މާފަންނު މައިދާން، ސިނަމާލެ 3 އަދި ރާޅުގަނޑު ސަރަހައްދުގައި ބަސް ސްޓޮޕްތައް އެ ބޭންކްގެ ހަރަދުގައި ތަރައްޤީކޮށް ބެލެހެއްޓުން ކުރިއަށް ގެންދާގޮތަށް، 04 ވަނަ ދައުރުގެ 205 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން ނިންމަވާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކަށް، ބުނެވިދިޔަ ތަންތަން ދޫކުރާނެ މުއްދަތަކީ 10(ދިހައެއް)އަހަރު ކަމަށް، މިއަދުގެ ކައުންސިލް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

މައްސަލަ

ހުށަހެޅުނު މައްސަލަ: ތައިސޭކޮށީގައި "އިވެންޓް އޭރިއާ"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ކުއްޔަށް ދޫކުރުމުގައި، އަގު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އިޖްތިމާޢީ ކަންތައްތައް ކުރިއެރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާ ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ބޭނުންވާފަރާތްތަކަށް އާންމުންގެ އަތުން ފީއެއް ނުނަގާ ކުރިއަށްގެންދާ އިވެންޓެއް ނަމަ (CSR)ގެ ދަށުން އަގަކާނުލައި ދޫކުރުމަށާއި، ޓިކެޓް ވިއްކައިގެން ނުވަތަ އާންމުންގެ އަތުން ފީނަގައިގެން ކުރިއަށްގެންދާ ކަމެއް ނަމަ، 5000.00ރުފިޔާ އަދި އެހެނިހެން އެކި ހަފްލާތަކަށް ނަމަ، ލޮނުޒިޔާރަތް ޕާކު ކަސްރަތު ފެހި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަލައި، (15،000.00)ރުފިޔާ ނެގުމާމެދު ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ތައިސޭކޮށީގެ ނަން ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. ބޭރުގެ ޤައުމުތަކުގައިވެސް ޢާއްމުކޮށް ހެޑްއޮފީސް ހުންނަ ތަންތަނަށް ޚާއްސަ ނަންތަކެއް ހުންނަ ކަމަށާއި އެގޮތުން ތައިސޭކޮށީގެ ބަދަލުގައި "މާލޭ ސިޓީ ހޯލް"ގެ ނަމަށް ތައިސޭކޮށީގެ ނަން ބަދަލުކުރުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ޓުއަރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ވޭލް ސަބްމެރިންގެ ޕްލެޓް ފޯމް މާލެ ހުޅަނގު ފަރާތު ބޭރުތޮއްޓާ ގާތްކޮށް ބޭއްވުމަށް އެސަރަހައްދުން، ގޭންގް ވޭއެއް މެދުވެރިކޮށް މާލެއަށް އަރާ ފޭބުމުގެ ހުއްދައެއް ހަމަޖައްސާ ދިނުމަށް އެދި އެ ކުންފުނީގެ ނަންބަރު: TSM/SN/2025/003 (29 ޖުލައި 2025) ގެ ސިޓީން އެދިފައިވާތީ، މިކަމަށް ގޮތެއް ނިންމަވައި ދިނުމަށް އެދި ހާބަރ އެންޑް މާކެޓް ސެކްޝަނުންގެ ނަންބަރު (MEMO)425-B6/425-2025/1593 މެމޯ އިން އެދިފައިވާތީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން. މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މިކަމާއި ގުޅޭގޮތުން އިތުރަށް ލޭންޑް އެންޑް ބިލްޑިންގ ކޮމިޓީން މަޝްވަރާކުރުމަށްފަހު ކައުންސިލް ފްލޯއަށް ގެނައުމަށާއި، ކޮމިޓިން ނިންމަވާގޮތެއް ހިއްސާކޮށް މަޝްވަރާކުރުމަށްފަހު ވަކިގޮތެއް ނިންމުމަށް ހުށަހެޅުނު ހުށަހެޅުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.