މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 215 ވަނަ ރަސްމީ ޢާއްމު ޖަލްސާ

21

Sitting

4

Term


Oct 08

Date

18

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 215 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

ހުށަހެޅުނު މައްސަލަ: މޯލްޑިވެސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިލިމާލޭގައި އޮޓޮމެޓިކް ވެދަރސްޓޭޝަނެއް ބެހެއްޓުމަށް އެ ސަރވިސްއިން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ސަރަހައްދު ދިނުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މޫސުމަށް އަންނަމުންދާ ބަދަލުތައް ބެލުމަށާއި ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުން މި މައުލޫމާތު ވަގުތުން ވަގުތަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ވިލިމާލޭގައި އޮޓޮމެޓިކް ވެދަރސްޓޭޝަނެއް ބެހެއްޓުމަށް އެ ސަރވިސްއިން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ސަރަހައްދު ދިނުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: އެޗް.ޑީ.އެފް.ސީ ގެ ސްކީމުގައި މިއިދާރާގެ މުވައްޒަފުން ބައިވެރިވުމަށް ކައުންސިލް ފްލޯއިން ފާސްކޮށްދެއްވުމަށް އެދި، އެ ކުންފުނިން ފޮނުވާފައިވާތީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، އެޗް.ޑީ.އެފް.ސީ ގެ ސްކީމްގައި މި އިދާރާގެ މުވައްޒަފުން ބައިވެރި ކުރުމަށް ކައުންސިލް ފްލޯއިން ފާސްކޮށްދެއްވުމަށް އެ ކޮމްޕެނީން ފޮނުވާފައިވާތީވެ، އެ ސްކީމްގައި މި އިދާރާގެ މުވައްޒަފުން ބައިވެރި ކުރުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މޯލްޑިވެސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިލިމާލޭގައި އޮޓޮމެޓިކް ވެދަރސްޓޭޝަނެއް ބެހެއްޓުމަށް އެ ސަރވިސްއިން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ސަރަހައްދު ދިނުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މޫސުމަށް އަންނަމުންދާ ބަދަލުތައް ބެލުމަށާއި ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުން މި މައުލޫމާތު ވަގުތުން ވަގުތަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ވިލިމާލޭގައި އޮޓޮމެޓިކް ވެދަރސްޓޭޝަނެއް ބެހެއްޓުމަށް އެ ސަރވިސްއިން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ސަރަހައްދު ދިނުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: އެމް.ޑަބްލިއު.އެސް.ސީ އާއި ސުއޭޒް ކޮންސަލްޓިންގ ޕްރައިވެރޓް ލިމިޓެޑް ގުޅިގެން ކުރިއަށްގެންދާ "ހައިޑްރޯ ޖިއޮލޮޖިކަލް ދިރާސާ" ގެ މުހިއްމު ބައެއްގެ ގޮތުގައި، މާލޭ ޓޯޔާޑްގައި ބޯހޯލްއެއް ތޮރުފުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، އެމް.ޑަބްލިއު.އެސް.ސީ އާއި ސުއޭޒް ކޮންސަލްޓިންގ ޕްރައިވެރޓް ލިމިޓެޑް ގުޅިގެން ކުރިއަށްގެންދާ "ހައިޑްރޯ ޖިއޮލޮޖިކަލް ދިރާސާ" ގެ މުހިއްމު ބައެއްގެ ގޮތުގައި، މާލޭ ޓޯޔާޑްގައި 5 އިންޗީގެ ފުޅާމިނަށް 30 މީޓަރުގެ ފުންމިނަށް ބޯހޯލްއެއް ތޮރުފުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ރަސްމީ ދަތުރު ތަކުގައި ބައިވެރިވާ ފަރާތްތައް ކަނޑައެޅުމުގައި ކައުންސިލުން އަމަލުކުރަމުންދާ ގޮތް ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ޤަވާއިދާ ޚިލާފުވާކަމަށްބުނެ، ކައުންސިލަރ ނަޙުލާ ޢަލީ ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ކައުންސިލަށް އަންނަ ދަތުރު ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން ކަނޑައެޅުމަށް ކޯޕަރޭޓް ކޮމެޓީން ނިންމުމަށް އެ ނިންމުން ކައުންސިލް ޖަލްސާގައި ހިއްސާކޮށްގެން ކުރިއަށް ދިއުމަށާއި ކޮމެޓީން ވަކިގޮތެއް ކަނޑަ ނޭޅިއްޖެ ހާލަތެއްގައި މާލިއްޔަތު ގަވާއިދު 2023 46 ވަނަ މާއްދާގެ (ށ)ގައިވާ ގޮތަށް ކައުންސިލްގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވަގުތުނެތި ކުއްލި ގޮތަކަށް މިކަން ނިންމަންޖެހިއްޖެނަމަ، ނިންމާނީ ކައުންސިލްގެ ރައީސް ނުވަތަ މޭޔަރ ކަމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލެ ވިލިނގިލީގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކައްކާ ގޭސް، ގެ ޚިދުމަތް ދިނުމަށް ހެދިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ މުއްދަތު ހަމަވުމާއި ގުޅިގެން އެމް.އޯ.ޔޫގެ މުއްދަތު އިތުރު ކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މާލެ ވިލިނގިލީގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކައްކާ ގޭސް، ގެ ޚިދުމަތް ދިނުމަށް ހެދިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ މުއްދަތު ހަމަވުމާއި ގުޅިގެން އެމް.އޯ.ޔޫގެ މުއްދަތު އިތުރު ކުރުމާއި މެދު އިތުރަށް ދިރާސާ ކުރުމަށް ލޭންޑް ކޮމެޓީއަށް ފޮނުވުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
 އައިމިނަތު ރިޝްފާ އަހުމަދުފާތިމަތު ޝައުފާ ސަލީމްމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުޢާއިޝަތު ނާޡިމާމުޙައްމަދު ޢަރީޝްއިބްރާހީމް އަބޫބަކުރު ހަސަން ނިޘާމްނަހުލާ ޢަލީ ޢަލީ އައިމަންޢާއިޝަތު ނިޒްލީ ރަޝީދު  އަހުމަދު ރިޝްވާން ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްއިބްރާހީމް މުޙައްމަދުސަޢީދާ ރަޝާދުފާތިމަތު އިޝާން ޢަލީއާމިނަތު ޔުމްނާ