226
Sitting
4
Term
Dec 24
Date
18
Attendance
226
Sitting
4
Term
Dec 24
Date
18
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 226 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައި، 20 ނޮވެންބަރު 2025ގައި އާއްމުކޮށް ކޮށްފައިވާ (IUL)425-A1/1/2025/239 ނަންބަރު އިޢުލާނުގައި، ޝަކުވާއެއްވާނަމަ ހުށަހެޅުމަށް ދީފައިވާ މުއްދަތު 20 ޑިސެންބަރު 2025ގައި ހަމަވުމަށްފަހު، ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަތުމާ ގުޅޭގޮތުން މަޝްވަރާކުރުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައި، 20 ނޮވެންބަރު 2025ގައި އާއްމުކޮށް ކޮށްފައިވާ (IUL)425-A1/1/2025/239 ނަންބަރު އިޢުލާނުގައި، ޝަކުވާއެއްވާނަމަ ހުށަހެޅުމަށް ދީފައިވާ މުއްދަތު 20 ޑިސެންބަރު 2025ގައި ހަމަވުމަށްފަހު، އިސްވެބަޔާން ކުރެވުނު ލިސްޓާ ގުޅޭ އެއްވެސް ޝަކުވާއެއް ކައުންސިލަށް ބަލައި ނުގަނެވޭނެ ކަމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

















