މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 228 ވަނަ ރަސްމީ ޢާއްމު ޖަލްސާ

228

Sitting

4

Term


Jan 07

Date

15

Attendance

ޖަލްސާގެ ކުރެވުނު މަސަތްކަތްތައް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 228 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން

ހުށަހެޅުނު މައްސަލަ: 2026 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. 2026 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓު 459,021,366.05 (ހަތަރު ސަތޭކަ ފަންސާސް ނުވަ މިލިޔަން އެކާވީސް ހާސް ތިންސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ ފަސް ލާރި)ގެ ބަޖެޓް މިއަދުގެ ކައުންސިލް ޖަލްސާއަށް ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައި، 20 ނޮވެންބަރު 2025ގައި ކޮށްފައިވާ (IUL)425-A1/1/2025/239 ނަންބަރު އިޢުލާނާއެކު، ޝާއިޢު ކޮށްފައިވާ ލިސްޓްގައި ހިމަނާފައިނުވާކަމަށާއި، ނަމަވެސް އެފަދަ އެއްބަސްވުންތައް ހުރިކަމަށް ބައެއް ކައުންސިލަރުން ވިދާޅުވާތީ، އެފަދަ އެއްބަސްވުމާ ދޭތެރޭ ޢަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައި، 20 ނޮވެންބަރު 2025ގައި ކޮށްފައިވާ (IUL)425-A1/1/2025/239 ނަންބަރު އިޢުލާނާއެކު، ޝާއިޢު ކޮށްފައިވާ ލިސްޓްގައި ހިމަނާފައިނުވާކަމަށާއި، ނަމަވެސް އެފަދަ އެއްބަސްވުންތައް ހުރިކަމަށް ބައެއް ކައުންސިލަރުން ވިދާޅުވާތީ، އެފަދަ އެއްބަސްވުމެއް އިތުރަށް ލިބިއްޖެނަމަ އެ އެއްބަސްވުމެއްގެ ސައްހަކަމަށް ބެލުމަށްފަހުގައި ލިސްޓަށް އިތުރު ކުރުމަށްފަހު ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: މި އިދާރާގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މުވައްޒަފުންގެ އިތުރުގަޑި އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %100އަށް ހެދުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މި އިދާރާގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މުވައްޒަފުންނަށް އިތުރުގަޑި ދިނުމުގައި އެމުވައްޒަފުންނަށް، ގިނަވެގެން ދެވޭނީ އެ މުވައްޒަފުންގެ އަސާސީ މުސާރައިގެ %100އަށްވުރެ ބޮޑުނުވާނެގޮތެއްގެ މަތިން ކަމަށާއި، އަދި އެކަން އެ މުވައްޒަފުންގެ، ވަޒީފާގެ އެއްބަސްވުމުގެ ތެރޭގައި ހިމެނުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ގ.ޕާލްވިލާ އަޙުމަދު ޙަނީފް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ގަރާޖު ކުރުމުގެ ހުއްދައަށް އެދިފައިވާ މައްސަލައިގައި، ކޮޅުބެދިފައި ހުންނަ ގޯލިތަކުގެ ތެރެއިން ވަދެނުކުމެވޭގޮތަށް 8 ފޫޓަށްވުރެ ކުޑަނޫން ގޯޅިއެއްކަމުގައިވާނަމަ އެ ގޯޅިއެއްގައި ހުންނަ ގެއަކަށް، ގަރާޖު ހުއްދަ ދިނުމާ ގުޅޭ ގޮތުން ލޭންޑް އެންޑް ބިލްޑިންގ ކޮމިޓީން ނިންމާފައިވާތީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ގަރާޖު ކުރުމުގެ ހުއްދައަށް އެދިފައިވާ މައްސަލައިގައި، ކޮޅުބެދިފައި ހުންނަ ގޯލިތަކުގެ ތެރެއިން ވަދެނުކުމެވޭގޮތަށް 8 ފޫޓަށްވުރެ ކުޑަނޫން ގޯޅިއެއްކަމުގައިވާނަމަ އެ ގޯޅިއެއްގައި ހުންނަ ގެއަކަށް، ގަރާޖު ހުއްދަ ދިނުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް، ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ހުށަހެޅުނު މައްސަލަ: ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ފަޅު ބަންދު ކުރުމާ ގުޅިގެން މާލެ މަސްމާރުކޭޓް ހިންގުމާ އަދި ބެލެހެއްޓުމަށް ނުހަނު ގިނަ ދަތިތަކާ އަދި ފޫ ނުބެދޭ ވަރުގެ މާލީ ގެއްލުންތައް ލިބެމުންދާތީވެ، ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ނިމި އަލުން ފަޅު ބޭނުންކުރަން ފެށެންދެން މިހާރު ރޯމަސް މާރުކޭޓް ހަވާލުކޮށްފައިވާ ފަރާތުން ދައްކާ ކުއްޔަށް ލުއި ގޮތެއް ހަމަޖައްސާ ދިނުމަށް އެދިފައިވާތީ، އެކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ފަޅު ބަންދު ކުރުމާ ގުޅިގެން މާލެ މަސްމާރުކޭޓް ހިންގުމާއި ބެލެހެއްޓުމަށް ނުހަނު ގިނަ ދަތިތަކާ އަދި ފޫ ނުބެދޭ ވަރުގެ މާލީ ގެއްލުންތައް ލިބެމުންދާތީވެ، ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ނިމި އަލުން ފަޅު ބޭނުންކުރަން ފެށެންދެން މިހާރު ރޯމަސް މާރުކޭޓް ހަވާލުކޮށްފައިވާ ފަރާތުން ދައްކާ ކުއްޔަށް ލުއި ގޮތެއް ހަމަޖައްސާ ދިނުމަށް އެދިފައިވާތީވެ، ބޮޑުތަކުރުފާނު މަގު އަލުން ހުޅުވައި، ފަޅު ބޭނުންކުރަންފަށަންދެން، މިހާރު ދައްކަމުންދާ ކުލި، އެއްލައްކަ ރުފިޔާއަށް ކުޑަކޮށްދިނުމަށާ، ނަމަވެސް، ޔުޓިލިޓީ ބިލްތައް ކުއްޔަށް ހިފާފައިވާ ފަރާތުން މިހާރުވެސް ދައްކަމުންގެންދާ ގޮތުގެމަތިން ކުރިއަށްގެންދިއުމަށް ފެނިވަޑައިގަންނަވާ ފަރާތްތަކުން ވޯޓު ދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ގުޅުންހުރި ޑޮކިޔުމެންޓްތައް

ޖަލްސާގެ ހާޒިރީ

 އާދަމް ޢާޒިމް
  އަހުމަދު ރިޝްވާން ރަޝީދު އައިމިނަތު ރިޝްފާ އަހުމަދުސަޢީދާ ރަޝާދުޢާއިޝަތު ނާޡިމާއާމިނަތު ޔުމްނާމުޙައްމަދު ޢަރީޝް ހަސަން ނިޘާމްނަހުލާ ޢަލީ ޢާއިޝަތު ނިޒްލީ ރަޝީދުމުޙައްމަދު ސައިފް ފާތިހުމަރްޔަމް ރީޙާން ނާޡިމްމަރްޔަމް ނާޡިމާ މުޙައްމަދު ފާއިޒުފާތިމަތު އިޝާން ޢަލީއިބްރާހީމް އަބޫބަކުރު