235
Sitting
4
Term
Feb 25
Date
10
Attendance
235
Sitting
4
Term
Feb 25
Date
10
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 235 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
ހުށަހެޅުނު މައްސަލަ: 1447 ވަނަ އަހަރުގެ ރަމަޟާންމަހު ކައުންސިލްގެ ރަސްމީ ޢާންމު ބައްދަލުވުން ބާއްވާނެ ގަޑި ކަނޑައެޅުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުނ
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، ރަމަޟާންމަހު ކައުންސިލް ޖަލްސާތައް އެހެން އަހަރުތަކެކޭވެސް އެއްފަދައިން ކޮންމެ ހަފްތާއެއްގެ ބުދަދުވަހުގެ ހެނދުނު 10:00ގައި ބޭއްވުމަށް، ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
ހުށަހެޅުނު މައްސަލަ: މާލެ ސިޓީ، މާލޭގައި ޢިމާރާތްކޮށްފައިވާ ސިނަމާލެ ފްލެޓް ތަކާއި މާލެ ހިޔާ ފްލެޓް ތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ކުއްޔަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މާފުކޮށްދެއްވުމަށް ކުރިންވެސް ދެ ފަހަރެއްގެ މަތީން ކައުންސިލް ޖަލްސާއަށް އެޖެންޑާ ކުރެވި އެހިނދަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މާފުކޮށްދީފައިވާތީ ކުރިން އެ ޖޫރިމަނާ ފައިސާ މާފުކުރި ފަދައިން މިހާރު އެ ފްލެޓުތަކުގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މާފުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މާލެ ސިޓީގައި ޢިމާރާތްކޮށްފައިވާ ސިނަމާލެ ފްލެޓް ތަކާއި މާލެ ހިޔާ ފްލެޓް ތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.









