236
Sitting
4
Term
Mar 04
Date
18
Attendance
236
Sitting
4
Term
Mar 04
Date
18
Attendance
މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 236 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ އެޖެންޑާ އަދި ނިންމުން
ހުށަހެޅުނު މައްސަލަ: ގަލޮޅު ސިނަމާލެ ފްލެޓްތަކާ ޖެހިގެން އޮތް 135ނަންބަރު ބްލޮކްގައި ފުޓްސަލްދަނޑެއް ތަރައްޤީކުރުމަށް، 135ނަންބަރު ބްލޮކްގައިވާ ބިމުގެ ރަޖިސްޓަރީ، ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށްދިނުމަށް އެދި އެ މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިމުނުގޮތް:
މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ނިންމުނެވެ. އަދި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަންބަރު 141-A/425/2026/14 (11 ފެބުރުވަރީ 2026) ސިޓީގައި އެދިފައިވާ ފަދައިން ގަލޮޅު ސިނަމާލެ ފްލެޓްތަކާއި ޖެހިގެން އޮތް 135 ނަންބަރު ބްލޮކްގައި ފުޓުސަލް ދަނޑެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން އެ މިނިސްޓްރީން އެދިފައިވާގޮތަށް ރަޖިސްޓްރީ ކޮށްދިނުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް ވޯޓުދެއްވުމަށް، ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

















