މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ20 ސެޕްޓެމްބަރ 2022


މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގައި ބައިވެރިވެވަޑައިގަންނަވާ: މޭޔަރު މުޢިއްޒު

މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގައި ބައިވެރިވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެދިލައްވައިފިއެވެ.

ބޯހިމެނުުގައި މާލެ ސިޓީގެ ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމާއި ގުޅޭގޮތުން މޭޔަރު ވަނީ ވީޑިއޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. އެ ވީޑިއޯގައި މޭޔަރު ވިދާޅުވީ މާލެ ސިޓީ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އާބާދީގެ މަޢުލޫމާތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމަށާއި، އެ ހުރިހާ މަޢުލޫމާތެއް ހޯދޭނީ ބޯހިމެނުމުގެ ތެރެއިން ކަމަށެވެ.

ބޯހިމެނުމަކީ ޤައުމީ މަސައްކަތެއް ކަމަށާއި، ޤައުމުގެ ކުރިމަގަށްޓަކައި މި މަޢުލޫމަތަކީ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި އެމަނިކުފާނުވެސް ބޯހިމެނުމުގައި މިހާރު ބައިވެރިވެވަޑައިގަނެފައިވާކަން ފާހަގަ ކޮށްލެއްވިއެވެ.