މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ05 އޮކްޓޯބަރ 2022


ޓީޗަރުންގެ ޙައްޤުތައް ފުރިހަމަޔަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ މިއަދާއި މުސްތަޤުބަލަށް މުހިންމު ކަމެއް: މޭޔަރު މުޢިއްޒު

ޓީޗަރުންގެ ޙައްޤުތައް ފުރިހަމަޔަށް ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ ޤައުމުގެ މިއަދާއި މުސްތަޤުބަލަށް މުހިންމު ކަމެއް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ ޓީޗަރުންގެ ދުވަހާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ މެސެޖްގައި މޭޔަރު ވިދާޅުވީ ޤައުމެއް ބިނާ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތަކީ މުދައްރިސުން ކަމަށެވެ. އެހެން ކަމުން ޓީޗަރުންގެ ޙައްޤުތައް ފުރިހަމަޔަށް ހޯދައި ދިނުމަށް ސަރުކާރާއި އެންމެހާ ފަރާތްތަކުން މަސައްކަތްކުރަންޖެހޭ ކަމަށް މޭޔަރުގެ މެސެޖްގައި ފާހަގަކުރެއްވިއެވެ.