އައްޑޫ ސިޓީ ކުޅިވަރު އެރީނާގައި ކުރިޔަށްދިޔަ 13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގައި ވާދާކޮށް މާލެ ސިޓީކައުންސިލްގެ ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ.
13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ފިރިހެނުންގެ ކެޓެގަރީއިން ޖުމްލަ 7 ޓީމަކުން ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ފާހި ސްޕޯޓްސް، އައްޑޫ ސިޓީ އައިލެންޑް ވޮއިސްއޮފް ޔޫތު، ފުވައްމުލަކު ސިޓީ ކައުންސިލް، ހދ. ހުވާސް، ހުވަދޫ ބެޑްމިންޓަން ކްލަބް، ހިމެނެއެވެ.
މާލެ ސިޓީ ކައުންސިލްގެ ޓީމުން މުބާރާތުގެ ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ ރޭ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންކުރިހޯދައިގެންނެވެ.
13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ބައިވެރިވި މާލެސިޓީ ކައުންސިލްގެ ޓީމް.
މާލެސިޓީ ކައުންސިލްގެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ:
1. ޝިފާޢު އަބްދުﷲ
2. ޔޫސުފް ނިޔާޒް
3. ޢަލީ މުއާޒް
4. ހައިޝަމް އިބްރާހިމް
5. ހަމްޒާ އަބްދުއްރަޙްމާން
6. އިސްމާޢިލް ޒުހުރީ
13 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ކުރިއަށް ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު މަހުގެ 19 އިން 25 ށެވެ.
މާލެ ސިޓީ ކައުންސިލްގެ ޓީމުން މި ހޯދި ކާމިޔާބީއަށް މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވަނީ މަރްޙަބާ ދަންނަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މާލެ ސިޓީ ކައުންސިލްގެ ޓީމަކުން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.