-

މާލޭ ސިޓީ ކައުންސިލް23 ޖަނަވަރީ 2024


މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އި ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ތިން ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުން:

މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގަތީ މ.ސީނުކަރަންކާގެ ، އާދަމް އާޒިމެވެ. މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޝްވާންެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރަކަށް އިންތިހާބުވީ ޕީއެންސީގެ އާމިނަތު ރިޝްފާ އަހްމަދެވެ. މާފަންނު ދެކުނު ދާއިރާއަށް އިންތިހާބުވީ ޕީއެންސީގެ ހަސަން ނިޒާމެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި އާޒިމަށް އަދި ކައުންސިލަރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މާލޭގެ މޭޔަރު ކަމަށް އާޒިމް އިންތިހާބުވެވަޑައިގަތީ 7،621 މީހުންގެ ވޯޓުންނެވެ. ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 17،008 އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކުރެއްވުމުންނެވެ.

ސިޓީ ކައުންސިލުން ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމުންނެވެ.