މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 21 އޭޕްރިލް 2025


ކެނދިކުޅުދޫއިން ފެންނަނީ ދަރިން މީހުންނަށް ހެދުމަށްޓަކައި ކާބަފައިން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ: މޭޔަރ ޢާޒިމް

ނ. އަތޮޅު ކެނދިކުޅުދޫ ރައްޔިތުންގެ ކިބައިން މިއަދު ފެނިގެންދާ އެންމެ ރީތީ ސިފަޔަކީ އެރަށުގެ ކާބަފައިން އެމީހުންގެ ދަރިން މީހުނަށް ހެދުމަށްޓަކައި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ ނ.ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ކެނދިކުޅުދޫ ރައްޔިތުންގެ މެހުމާނު ދާރީއާއި އެކުވެރިކަމާއި ސާފުތާހިރުކަން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށާއި ކެނދިކުޅުދޫ ރައްޔިތުންނަކީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރާ މުރާލި ރައްޔިތުންތަކެއް ދިރިއުޅެމުން އަންމަ ރަށެއް ކަމަށެވެ. އަދި ކެނދިކުޅުދޫއަކީ މުރިރާއްޖޭގައި ވެސް ގުގުމާލާފަދަ ނަމޫނާ ރަށަކަށް ހެދުމަކަށްޓައި ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް މިއަދު ފެންނަން ފަށާއިފާއިވާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ މިއީ ރަށްރަށުގެ ކައުންސިލްތައް ލާމަރުކަޒީ ކުރުމުގެ ނަތީޖާ ކަމަށާއި ހަމަގައިމުވެސް ކުރިން އޮތް ގޮތަށް އޮތްނަމަ، މިފަދަ މުބާރާތްތަކާއި އިވެންޓުތަށް ނުބޭވޭނެ ކަމަށެވެ. ނަތީޖާ އަކީ ރައްޔިތުން އިންތިހާބު ކުރާ ރަނގަޅު މީހުންގެ ކިބައިން ރަށަށް އަންނަ ކުރިއެރުމާއި ތިއާގިކަން ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

ޖުމްލަ އަށް ޓީމް ވާދަ ކުރާ މިމުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ބައްދަލު ކުރި ދެޓީމަކީ ކެނދިކުޅުދޫއަށް ނިސްބަތްވާ ދެ ޓީމެވެ. އެ ދެޓީމަކީ ކޮމެޓްސް އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީއެވެ. ވިންޑް ވޯރިއޯސް އެސްސީ އަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. މިމެޗް 4-0 ލަނޑުން ކާމިޔާބު ކުރީވެސް ވިންޑް ވޯރިއޯސް އެސްސީއެވެ.