މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 ޖޫން 2025


ހުސްވި ހަފްތާގެ ތެރޭ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 846 މައްސަލަ އެޓެންޑް ކޮށްފި

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މި ހިނގާ ޖޫން މަހުގެ 22 އިން 28 ވަނަ ދުވަހުގެ ނިޔަލަށް، 846 މައްސަލައަށް އެޓެންޑް ވެފައިވާ ކަމަށް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 498 މައްސަލަ ނިންމާފައިވާއިރު، ފޮލޯއަޕް ހަދާ ފައިވަނީ، 348 މައްސަލައެވެ. އަދި ނަޞޭޙަތް ދެވިފައިވާ 8 މައްސަލަ އާއި ޖޫރިމަނާ ކުރެވިފައިވާ 12 މައްސަލަ ހިމެނެއެވެ.

"ވީކްލީ ސްޓެޓިކްސް" ގެ ނަމުގައި ނެރޭ މި ރިޕޯޓްގައި ބުނެފައި ވާގޮތުން، އެންމެ ގިނައިން އެޓްންޑް ކުރެވިފައި ވަނީ، ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން މަގުތަކާއި ގޯޅިތަކާއި ހުސްބިން ތަކަށް ކުނި އެޅުމާ ގުޅޭ 253 މައްސަލައަށް ވަނީ އެޓެންޑް ކޮށްފައެވެ.

ދެ ވަނައަށް އެންމެ ގިނައިން އެޓެންޑް ކުރެވިފައިވަނީ ޢާންމުންގެ ރައްކާތެރި ކަމާގުޅޭ ކަންކަމުގައެވެ. އެ ގޮތުން މިސްކިތްތަކާއި މައިޒާން އަދި ޕާކުތައް ބަލައި ޗެކް ކުރުމާ ގުޅޭ 238 މައްސަލައަކަށް ވަނީ އެޓެންޑް ކޮށްފައެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން އެޓްންޑް ވެފައިވަނީ ވެސް ޢާންމު ޝަކުވާތަކާ ގުޅޭ ގޮތުންނެވެ. އެ ގޮތުން ފުރާޅު ނޫނީ ދިޔަދޮވި އަދި އެއަރ ކޮންޑިޝަން އައުޓްޑޯރ ޔުނިޓުތަކުން މަގުތަކަށް ފެން ލީކުވުން ނުވަތަ ފެންތިކި ޖެހުމާ ގުޅޭ 64 މައްސަލައަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

ޖުމްލަ އަށް ކަމެއް އެކުލެވޭހެން، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރު ކުރި މި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެތެރޭގައި ހިމެނެނީ، ކުނިމެނޭޖް ކުރުމާއި ޢާންމު ޢިޖްތިމާޢީ މިންގަޑާއި ޚިލާފުވުމާއި ޤަވާޢިދާ ޚިލާފު ހަރަކާތްތަކާއި ވިޔަފާރީގެ އުސޫލްތަކާ ޚިލާފުވުމާއި ޢާންމު ޝަކުވާތަކާއި ޢާންމު ރައްކާތެރިކަމާއި ޢާންމު ޞިއްޙަތާއި ޓްރެފިކް އަދި ޕާކިން ވައިލޭޝަނާއި ގުދުރަތީ އަދި ތިމާވެށީގެ މައްސަލަތަކެވެ.