މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 13 އޭޕްރިލް 2026


ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 770 މައްސަލަ ބަލައިފި

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މި ހިނގާ އޭޕްރީލް މަހުގެ 5 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 770 މައްސަލަ ބަލައިފި އެވެ.

ކައުންސިލުން "ވީކްލީ ސްޓެޓިސްޓިކްސް"ގެ ނަމުގައި ނެރޭ ހަފްތާ ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 559 މައްސަލަ ބަލައި ނިންމާފައިވާއިރު، އިތުރަށް ބަލަމުންނާ 211 މައްސަލައެވެ. . އަދި ޖޫރިމަނާ ކުރެވިފައިވާ 3 މައްސަލައެއް ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ވެ އެވެ.

މި ހަފްތާގެ ތެރޭގައި އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން ފާހަގަ ކުރެވިފައިވަނީ މިސްކިތްތަކާއި މައިޒާންތަކާއި ޕާކުތައް ބަލައި ޗެކްކުރުމުގެ 300 މައްސަލަ އެވެ.

ދެ ވަނައަށް އެންމެ ގިނައިން އެޓެންޑްކޮށްފައި ވަނީ ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކަށެވެ. އެއީ މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކާއި ފަޅުތެރެއަށް ކުނިއެޅުމުގެ 284 މައްސަލަ އެވެ.

ތިން ވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައި ވަނީ މަގު ނުވަތަ ޕޭމަންޓް މަތީގައި ޤަވާއިދާ ހިލާފަށް ޕެލެޓާއި ފޮށިގަނޑާއި އެހެނިހެން ސާމާނު ބެހެއްޓުން ނުވަތަ ޖަމާކުރުމާ ގުޅޭ ގޮތުން ފާހަގަވި 102 މައްސަލައެވެ.

ޖުމްލަ އަށް ދާއިރާއެއް ހިމެނޭ ގޮތަށް ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާއި، އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު ކަންކަމާ ގުޅޭ މައްސަލަތަކާއި، ޤަވާއިދާ ހިލާފަށް ހިންގާ ކަންކަން ހިމެނެ އެވެ.