މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 14 ޖޫން 2026


އިންޓަރ-އޮފީސް ބާސްކެޓް މުބާރާތުގެ ފިރިހެން ރަނަރއަޕް ޓީމަކަށް މާލެ ސިޓީ ކައުންސިލް

އެމްބީއޭ އިންޓަރ-އޮފީސް 3 އޮން 3 ބާސްކެޓް މުބާރާތުގެ ފިރިހެނުންގެ 1 ވަނަ ޑިވިޝަންގެ ރަނަރއަޕް ކަން މާލެ ސިޓީ ކައުންސިލުން ހޯދައިފިއެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމް ކޮށްގެން ބޭއްވި އިންޓަރ އޮފީސް ޓޯނަމެންޓަކީ ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ މުބާރާތެކެވެ.

މި މުބާރާތުގައި ފިރިހެން 1 ވަނަ ޑިވިޝަންގައި ޖުމްލަ 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި މާލެ ސިޓީ ކައުންސިލާއި ކްލަބް އިމިގްރޭޝަން ބައްދަލުކުރި މެޗް 21 ޕޮއިންޓް 16 ޕޮއިންޓުން ކާމިޔާބު ކޮށް މުބާރާތުގެ ފިރިހެން 1 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކްލަބް އިމިގްރޭޝަނެވެ.

މި ޑިވިޝަންގައި މާލެ ސިޓީ ކައުންސިލުން ޖުމްލަ 6 މެޗް ކުޅެފައިވާއިރު އޭގެ ތެރެއިން ތިން މެޗުން މާލެ ސިޓީ ކައުންސިލުން ވަނީ ކުރި ހޯދާފައެވެ.

މި މުބާރާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައިވަނީ ހަމައެކަނި ފިރިހެން 1 ވަނަ ޑިވިޝަންގެ މެޗް ތަކުގައެވެ. އަދި މި ޓީމްގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މީކާއިލް މުޙައްމަދު ރިޔާޟާއި، ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަޙްމަދު ސަނީޙް ޙަނީފް ވަނީ ބައިވެރިވެ މޮޅު ކުޅުމެއް ދައްކާފައެވެ.