މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް07 ޖުލައި 2026


ކުލަ ފަޑުވެ، ފޮރުވިފައި ހުރި ސައިކަލް ޕާކިން ޒޯންތައް އަލުން ކުރަހަން ފަށައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ކުލަ ކެހި، ފޮރުވިފައި ހުރި ސައިކަލް ޕާކިން ޒޯންތައް އަލުން ކުރެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިއީ މާލޭގެ މަގުތަކުގެ ތަރުތީބު ހިފެހެއްޓުމަށާއި ޕާކު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މަގުތަކުގައި ކުރަހާފައިވާ ޕާކިން ޒޯންތަކުގެ ކުލަ ފަނޑުވެ، ބައެއް ތަންތަން ނޭނގޭ ވަރަށް ފޮރުވިފައި ހުރުމަކީ އާންމުންނަށް ޕާކު ކުރުމުގައި އޮޅުން އަރާ ކަމެކެވެ. އެހެންކަމުން، މި ޒޯންތައް އަލުން ފާހަގަކޮށް ކުލަ ލުމަކީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "ސައިކަލް ޕާކިން ޒޯތައް ކުލަ ފަޑުވެފައި ހުރުމުން، ބައެއް ފަހަރު އެ ތަން ތަނުގައި ޕެލެޓް ބެހެއްޓުން ގިނަ ކަން ފާހަގަ ކުރެވޭ" ކަމަށެވެ. ޒޯންތައް ސާފުކޮށް ފެންނަން ހުރުމުން، ނުގަވާއިދުން މުދާ ބެހެއްޓުމާއި ޕެލެޓް ޖެހުން ފަދަ ކަންކަން މަދުވާނެ ކަމަށް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ދަށުން ކުލަފަޑުވެފައިވާ ޒިބްރާ ކްރޮސްތަކުގައި ވެސް ކުލަލައި ރީތި ކުރުމާއި މާލޭގެ ބޮޑެތި މަގުތަކާއި ގޯޅިތަކުގައި ހުރި ޕާކިން ލައިންތައް އަލުން ދަމައި، ޓްރެފިކް ނިޝާންތައް ސާފުކޮށް ފެންނާނެހެން ކައުންސިލްގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ސަބަބުން މަގުމަތީގެ އަމާންކަން އިތުރުވެ، ދުއްވާ އެއްޗެހި ޕާކު ކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.