މާލޭގެ މަސްޖިދުލް ޖަލާލުއްދީން މިސްކިތުގެ ފާރުތަކުން ނެއްޓިފައިވާ މާބުލްތައް އަލުން ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިއީ މިސްކިތް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރާ ކަމެކެވެ.
މަސްޖިދުލް ޖަލާލުއްދީނަކީ މާލޭގައި ހުންނަ ޖާގަ ތަނަވަސް، އާންމުކޮށް ގިނަ ބަޔަކު ނަމާދުކުރާ މަޝްހޫރު ބޮޑު މިސްކިތެކެވެ. މި މިސްކިތުގެ ބައެއް ދިމަދިމާއިން މާބުލްތައް ނެއްޓިފައި ހުރުމުގެ ސަބަބުން މިސްކިތުގެ ރީތިކަން ގެއްލި، އާންމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަން ހައްލުކުރުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިސްކިތްތަކަކީ އެންމެ މަތީ ދަރަޖައަށް ބަލަހައްޓަންޖެހޭ ތަންތަން ކަމަށެވެ. އަދި މިސްކިތްތަކުގެ މަރާމާތަށް ކުރަންޖެހޭ ކަންކަން ކައުންސިލުން އިސްކަންދީގެން އަބަދު ވެސް ކުރަމުންދާނެ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ނަމާދުކުރަން އަންނަ ފަރާތްތަކަށް ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ ސިޓީ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. ޖަލާލުއްދީން މިސްކިތުގެ މާބުލްތައް ހަރުކޮށް ނިމުމުން މިސްކިތުގެ ސާފުތާހިރުކަމާއި ރީތިކަން އިތުރުވެގެންދާނެއެވެ.
