މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 23 ޖުލައި 2026


މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އެމް.އާރު ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މާލެ ސިޓީ ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ސެކްޝަނުން އިންތިޒާމްކޮށްގެން ކައުންސިލްގެ މުވައްޒަފުންނަށް އެމް.އާރު (މީސަލްސް އެންޑް ރުބެއްލާ) ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މިއަދު ހެނދުނު މާލެ ސިޓީ ހޯލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ކައުންސިލްގެ މުވައްޒަފުންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ބަލައި، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މުވައްޒަފުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެ މަސައްކަތްކުރާ ބަޔަކަށް ހެދުމާއި، މުޖުތަމައުގެ ތެރޭގައި ބަލިތައް ފެތުރުން ހުއްޓުވުމެވެ.

މި ޕްރޮގްރާމް އިންތިޒާމް ކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި މޭޔަރ އާދަމް ޢާޒިމް ވަނީ އެ އެޖެންސީއަށް ޝުކުރު އަދާކުރައްވާފައެވެ. މި ހަރަކާތުގައި އެޗްޕީއޭގެ އިތުރުން ސެނިހިޔާ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ވަނީ ބައިވެރިވެފައެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ޚިދުމަތް ދިނުމުގައި ދުޅަހެޔޮ މާހައުލެއް ގާއިމްވެގެންދާނެއެވެ.