އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމާއި ބެހޭ

ނަންބަރު

(IUL)425-CB/1/2022/10

ޕަބްލިޝްކުރި ތާރީޚު

06 ޖަނަވަރީ 2022

ސުންގަޑި

06 ޖަނަވަރީ 2022 - 12:19

މި އިދާރާއިން ކޮށްފައިވާ އިޢުލާނަކާއި ގުޅިގެން މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް މާލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނައިޓްމާކެޓް ބޭއްވުމަށް ހުއްދަ ދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި ހުއްދައިގެ ދަށުން ގިނަ ފަރާތްތަކުން މިކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާރކެޓް ބާއްވަމުން ގެންދަވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރ: 23-1/425/2022/2 (5 ޖަނަވަރީ 2022( ގެ ސިޓީން ވަނީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް އަންގަވާފައެވެ.

އެހެންނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުޞޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެފަރާތްތަކަށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު: 23-L/425/2022/3 (6 ޖަނަވަރީ 2022) ސިޓީއިންވަނީ މިކައުންސިލަށް އަންގާފައެވެ.


ވީމާ، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް މި ހުއްދަ ދިނުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޖުމާދުލްއާޙިރާ 1443

06 ޖަނަވަރީ 2022

ގުޅުންހުރި ޑޮކިޔުމެންޓްތައް