ހިތްފަސޭހަ މަގުމަތި

މާލޭ ސިޓީގެ މަގުތަކަކީ ތޮއްޖެހުން ކުޑަ، އެއްގަމު އުޅަނދު ތަރުތީބުކުރެވި، އެކި ގިންތިތަކަށް ބެހިފައިވާ، މަގު ހިނގާމީހުނަށް އުނދަގޫވާޒާތުގެ ތަކެތިން ހުސްވެ، ކުނީގެ ނުބައިވަހުން ސަލާމަތްކުރެވި، ފެންބޮޑުވުމުން މިންޖުވެ އަމާންކަން ކަށަވަރުވެފައިވާ މަގުތަކެއްކަމުގައި ހެދުމުގެ އަޒުމުގައި ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުން ނަތީޖާ ނެރެމުންދާނެ.

މަގު ބަންދުކުރުމަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއިއެކު ކުރެވޭ ކަމަކަށް ހެދުން

މަގު ބަންދުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތިވާ މިންވަރު އެންމެ ކުޑަވާނެ ގޮތަކަށް މަގު ބަންދުކުރުމުގެ އުސޫލު ބަދަލު ކުރުމަށް ޓަކައި ރައްޔިތުންގެ ހިޔާލު ހޯދުން

ލިބޭ ހިޔާލާއި އެއްގޮތްވާގޮތުގެ މަތިން މަގު ބަންދުކުރުމުގެ އުސޫލު ތަންފީޒުކުރުނ

ކޮންސްޓްރަކްޝަން މަސައްކަތް މަގުމަގީގައި ކުރުމާ ބެހޭ ގަވާއިދެއް ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ ލަފައާއެކު ހަދާ ގެޒެޓްކުރުން

ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުން

މާލެ ވަށާ ރިންގް ރޯޑު ފުޅާކޮށް ތާރުއަޅައި ތަރައްގީކުރުން

ކުޑަ މަރާމާތަކުން ހައްލުނުވާވަރަށް ހަލާކުވެފައިވާ 15 ފޫޓު ހަމަވާ ހުރިހާ މަގެއް ތާރު އަޅައިގެން ހަދާނެ ތާވަލެއް ކަނޑައަޅައި ތަންފީޒު ކުރުން

ގާ އަތުރައިގެން ހަދާނެ މަގުތައް މާލޭގެ އެކި ސަރަހައްދު ތަކުގައި އެއް ފަހަރާ މަސައްކަތް ކުރިޔަށް ގެންދެވޭނެގޮތަށް ޓީމްތައް ނަގައިގެން މަސައްކަތް ކުރިޔަށް ގެންދިޔުން

ގޭގެއަށް ވަދެ ނުކުމެވޭ ގޮތަށް ޕޭވްމަންޓު ޑިޒައިންކޮށް ޕާރކު ކުރާގޮތް އިސްލާހުކުރުން

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ޕޭވްމެންޓް ޑިޒައިން ގޭގެއަށް ވަދެ ނިކުމެވޭގޮތަށް މަގުގެ އެކި ހިސާބުގައި އެކްސެސް ޕާތްތަކެއް ހިމެނޭގޮތަށް ޑިޒައިންކޮށް ހެދުން

"ފަސޭހަމަގު" އެޕު އިތުރަށް ތަރައްގީކޮށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ފެށުން

ފަސޭހަމަގު އެޕް އަޕްގްރޭޑްކުރުން

ކަމަށް ހާއްސަ ޓީމެއް ނަގައި 24 ގަޑިއިރު ތަންފީޒުކުރާ މަސައްކަތަކަށް ހެދުން

ޕާރކިންގެ މައްސަލައަށް ޖީބަށްލުއި، ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުން

ޕާރކިންއަށް މިހާރު ކުއްޔަށް ދީފައިވާ ތަންތަނުގެ ފީ ޕްރައިވެޓް ކާރުތަކަށް 1000ރފ އަދި ޓެކްސީތަކަށް 750ރފ އަށް ކުޑަކޮށްދިނުމާއި ގުޅޭ ނިންމުން ފާސްކުރުން

ޕާރކިންއަށް މިހާރު ކުއްޔަށް ދީފައިވާ ތަންތަނާއި އަލަށް ދޫކުރާނެ ތަންތަނާއި ގުޅޭ އެންމެހާ ކަންކަން ޝާމިލްވާ ޤަވާއިދެއް ހަދައި ތަންފީޒުކުރުން

މާލޭގައި އަދި ހުޅުމާލޭގައި ޕާރކިންގ ޖާގަކުއްޔަށް ދޫކުރަން ފެށުން

މާލޭގެ އެކި ސަރަހައްދުތަކުގައި މިކްސްޑް ޔޫޒް ކޮންސެޕްޓަށް ޕާކިން އިމާރާތްތައް އެޅުމާއި ގުޅޭ އެންމެހާ ކަންކަން ކޮށް ޢިމާރާތް އަޅަން ބަޔަކާ ޙަވާލުކުރުން (މާލޭގެ އެކި ހިސާބުގައި 4 ޢިމާރާތް)

މިކްސްޑް ޔޫސް ޕާރކިންގ ބިލްޑިންގ ތަކުގެ ޕާކިންގ ފްލޯތައް ބޭނުންކުރަން ފެށުން

ޕާރކިންގ މީޓަރ ތަޢާރަފްކޮށް މީޓަރ ބޭނުންކޮށްގެން ޕާރކް ކުރެވޭނެ ޖާގަތަކެއް ހަމަޖެއްސުން (ރައްޔިތުންގެ ޚިޔާލް ހޯދުން ހިމެނޭ ގޮތުން)

ހުޅުމާލޭގެ ކޮންމެ ފުލެޓަކަށް ރޯހައުސްއަކަށް 1 ވެހިކަލް ރަޖިސްޓްރީ ކުރެވޭނެގޮތް ފަހިކޮށްދިނުން

މަގުން ގާނެގުން މަދުކުރުމާއި، ގާނެގުމަށްފަހު ފެންވަރެއްގައި ހެދޭނެގޮތް ގާއިމްކުރުން

މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާއިރު މަގު ކޮންނަން ޖެހޭވަރު މަދުވާނެ ގޮތަށް ބިމުއަޑިން ލެވޭނެ ޕްރޮވިޝަންތައް ލާ މަގު ހެދުން

ގާނެގުމަށް ފަހު، ނުވަތަ ތާރު ކެނޑުމަށް ފަހު އަލުން ހެދުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ތަކެތި ހޯދައި އަދި އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން ބިނާކޮށް ސިޓީ ކައުންސިލުން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުން

މަގުމަތީ ހުންނަ ބާވެފައިވާ ވެހިކަލްތައް ނަގާ ނައްތާލުން

ދެމެހެއްޓެނިވި ގޮތެއްގައި މަގުމަތި މިފަދަ ވެހިކަލްތަކުން ސަލާމަތްވެފައިވާ ތަނަކަށްހެދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާއި ޢާއްމުންނާއި ގުޅިގެން މަސައްކަތް ރާވާ ހިންގުން

މާލޭގެ އެކި ސަރަހައްދުތަކުގައި ލެޑް ބޮލްބޯޑް/ސައިން ބޯޑު ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، ބަހައްޓައި ހިންގުން

ފަންނީ ފަރާތްތަކުގެ އިރުޝާދާއި އެއްކޮށް ސަރަހައްދުތައް ކަނޑައެޅުން

މި ސައިން ބޯޑުތައް މެދުވެރިކޮށް ޓްރެފިކް ލައިވް އަޕްޑޭޓް، މަގު ބަންދާއި ބެހޭ ލައިވް އަޕްޑޭޓް ފަދަ ހާއްސަ މެސެޖުތައް ދެވޭނެ ނިޒާމް ޓްރެފިކް ޕޮލިސްއާއި ކަމާއިގުޅޭ އެހެން ފަރާތްތަކާއި ގުޅިގެން ގާއިމްކުރުން

ޑީވޯޓަރ ކުރުމަށް ހާއްސަ ނެޓްވޯކެއް ބިމު އަޑީގައި ގާއިމްކުރުން

ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއިއެކު ވިޔަފާރިން ފައިދާ ލިބޭ މޮޑަލްއަކަށް ބިނާކޮށް ނެޓްވޯކު ގާއިމްކޮށް ހިންގޭނެގޮތް ހަމަޖެއްސުން

ދާއިމީ ނެޓްވޯކް ގާއިމްކުރެވެންދެން، ވަގުތީގޮތުން ޑީވޯޓަރ ކުރުން، މަގުމަތީގައި ހޮޅިނާޅާ ކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، ބައުޒަރ ބޭނުންކޮށްގެން ޑޭވޯޓަރ ކުރެވޭނޭ ގޮތް ފަދަ، ނުވަތަ އެ ނޫންވެސް ވަގުތީ ޙައްލެއް ތަޢާރަފްކުރުން (ޕައިލެޓް ޕްރޮޖެކްޓް)

ކޮުންސްޓްރަކްޝަން މަސައްކަތަށް މަގުމަތީގައި ހޮޅިއެޅުން ނިމުމަކަށް ގެންނާނެ ތާރީހް ކަނޑައަޅައި އިއުލާންކުރުން

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި މާލެ ސިޓީގެ މަގުތަކަކީ އަމާން، ހިތްފަސޭހަ މަގުތަކަކަށް ހެދުމަށް މަޝްރޫޢުތައް ހިންގުން

މާލޭގެ މަގުތަކުގައި ކޭބަލް ވަޅުލައި އެއް އިންފްރާސްޓްރަކްޗަރ އެއް ހަދައި ސިޓީ ކައުންސިލްއަށް މިކަމުން އާމްދަނީ ހޯދުން

ކަމާ ބެހޭ ފަންނީ ތަޖުރިބާކާރެއްގެ ލަފާ ހޯދައި ފީޒިބިލިޓީ ރިޕޯޓެއް ތައްޔާރުކުރުން

ހުރިހާ ސާރވިސް ޕްރޮވައިޑަރުންތައް ޝާމިލްވާގޮތަށް މަޝްރޫޢު ބައްޓަންކުރުން

ސަރުކާރުގެ ހުއްދައާއި އެކު މަޝްރޫއު ކުރިޔަށް ގެންގޮސް މެއި 2023 ގެ ކުރިން ނިންމުން

މާލޭގެ މަގުތަކާ ގޯޅިތަކާ ޕާކުތަކާ އެހެނިހެން ސަރަހައްދުތަކަކީ ރޭގަނޑު ދިއްލިފައި ހުންނަ ތަންތަންކަން ކަށަވަރުކުރުން

މިހާރު ހާލަތު ދެނެގަތުމަށް ސާރވޭކުރުން

ސާރވޭގެ މައްޗަށް ބިނާކޮށް އަނދިރި ސަރަހައްދުތައް ދިއްލުން

މާލޭގެ މަގުތަކުގައި ހުރި ކާނުތައް ސާފުކޮށް ރަނގަޅުކުރުން

އެކި ސަރަހައްދުތަކަށް އެއްފަހަރާ ޓީމުތައް ނެރެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިންމުން

ކާނުމަތިތައް ހަލާކުވެފައި ހުރި ތަންތަން ދެނެގަނެ ކާނު މަތިތައް ބަދަލުކުރުން

މާލޭގެ މަގުތަކަށް ކިޔާނަން ސާފުކޮށް އިނގޭނެހެން މަގުތަކުގައި ނަން ޖެހެން

ފަންނީ ފަރާތްތައް މެދުވެރިކޮށް ނަން ޖަހާނެގޮތް ޑިޒައިންކުރުން

ނަން ޖެހުމަށް ހާއްސަ މަޝްރޫއެއް ހިންގުން

ކޫންސްޓްރަކްޝަން ސައިޓް ތަކުން އާންމުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ މަސައްކަތް ހަރުދަނާކުރުން

ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގަވާއިދެއް ހަދާ ޝާއިރުކުރުން

ސުޕަވައިޒަރުން އިތުރު ކުރުން. ތަމްރީނު ދިނުން. އަދި ސުޕަވައިޒަރުންގެ މަސައްކަތުގެ ފެންވަރު ބެލުން

ބާވެ ވީރާނާވެފައި ހުންނަ އިމާރާތްތަކުގެ ނުރައްކަލުން އާންމު ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އަމަލުކުރާނެ ގޮތެއް ކަނޑައެޅުން

ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުން

ކަމާ ގުޅޭ ގަވައިދެއް ހަދައި އަމަލުކުރަން ފެށުން

މަގު ހިނގާ މީހުންނަށް އުނދަގޫވާގޮތަށް މަގުމައްޗަށް ފެން ތިކި ތެޅޭގޮތަށް ހުންނަ އޭސީ އައުޓްޑޯ ޔުނިޓުތައް ފަދަ ތަކެތިން ލިބޭ އުނދަގޫ ހައްލުކުރާނެ ގޮތާމެދު ގޮތްތަކެއް ކަނޑައެޅުން

ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުން

ކަމާ ގުޅޭ ގަވައިދެއް ހަދައި އަމަލުކުރަން ފެށުން

ވިލިމާލޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކަށް ދެވޭގޮތަށް ހުޅުވާލުން

މާލޭގަައި ޕަބްލިކް ބަސް ސާރވިސް ފެއްޓުން

ކަމޭބެހޭ އިދާރާތަކާ ގުޅިގެން ރަނގަޅު ފެންވަރުގެ ބަސް ޚިދުމަތް ޕްލޭންކޮށް ، ބަޔަކު ހޯދާ، އެގްރީމެންޓް ހަދާ، ފެއްޓުން

ސްކޫލް ބަސް ޚިދްމަތް ޕްލޭންކޮށް ، ބަޔަކު ހޯދާ، އެގްރީމެންޓް ހަދާ، ފެށްޓުން

ޕަބްލިކް ބަސް ސާރވިސް ބޭނުންކުރާ މަގުތަކުގައި ޕާކިންގ އަށް އެދެވޭ ޙައްލެއް، ރައްޔިތުންގެ މަޝްވަރާއާއި އެކު، ގެނައުން

ޓްރެފިކް ވޯޑަން އިން ތަޢާރަފްކުރުން

ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުން

ކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން

ލިބޭ މާހިރުންގެ ލަފާއާ ރައްޔިތުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް އެންމެ އެދެވޭގޮތަކަށް މައްސަލަ ހައްލުކުރުން

ޑިޖިޓަލް މާލެ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޑިޖިޓަލް މާލޭގެ އަމާޒުތައް

އިތުރު މައުލޫމާތު

ޗާލު މާލެސިޓީ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޗާލު މާލެސިޓީގެ އަމާޒުތައް

އިތުރު މައުލޫމާތު

ހިތްފަސޭހަ މަގުމަތި

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހިތްފަސޭހަ މަގުމަތީގެ އަމާޒުތައް

އިތުރު މައުލޫމާތު

ބިންވެރި ރައްޔިތެއް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ބިންވެރި ރައްޔިތެއްގެ އަމާޒުތައް

އިތުރު މައުލޫމާތު

ފުދުންތެރި ދިރިއުޅުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ފުދުންތެރި ދިރިއުޅުމުގެ އަމާޒުތައް

އިތުރު މައުލޫމާތު

ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ރައްޔިތުންނާއި ބައްދަލުވާ ކައުންސިލްގެ އަމާޒުތައް

އިތުރު މައުލޫމާތު

ހަރުދަނާ އިދާރީ ހިންގުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހަރުދަނާ އިދާރީ ހިންގުމުގެ އަމާޒުތައް

އިތުރު މައުލޫމާތު