ފުދުންތެރި ދިރިއުޅުން

މާލޭ ސިޓީގެ ރައްޔިތުންނަކީ ދެއަތް އުރާލައިގެން ނުތިބެ، އެމީހަކާ އެކަށީގެންވާ މަސައްކަތެއް ކުރުމުގެ ފުރުޞަތު ފަހިވެ، އާމްދަނީ ލިބޭ ޒާތުކަންކަން ކައުންސިލުން ފަހިކޮއްދީ ނަފާ ލިބޭނެ އިތުރު ދޮރުތައް އެންމެހާ ރައްޔިތުންނަށް ހުޅުވާލެވި ނަފާވާ ޒާތުގެ މަސައްކަތްތައް ކުރުމަށް ހުރި ހުރައްސަތައް ނައްތާލައި ފަސޭހަ ގޮތްތަކެއް އެކަށައަޅައި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުމަށް މަސައްކަތްކުރާ ކައުންސިލެއްކަމުގައި ދެމި އޮންނާނެ.

ޒުވާނުންނަށް ވިޔަފާރިއެއް ފެށުމުގެ ފުރުސަތު، ބިމާއި ޖާގައިގެ ގޮތުން، ދެޖިންސަށް ހަމަހަމަ ކަމާއެކު ފަހި ކޮށްދިނުން

ކަމާއި ބެހޭ ފަންނީ ދިރާސާ ހެދުން

ބިޒްނަސް އިންކިއުބޭޓަރ މަރުކަޒު« ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގާއިމްކުރުމަށް ފަންޑް ރައިޒްކުރުން

އިންކިއުބޭޓަރ މަރުކަޒު ޕްރައިވެޓް ސެކްޓަރ ގެ ބައިވެރިވުމާއިއެކު ގާއިމްކުރުން

ސިޓީ ކައުންސިލުގެ ބައިވެރިވުމާ އެކު ޒުވާނުންނަށް ވޮކޭޝަނަލް ޓްރެއިނިންގ ފުރުސަތުތައް ތައާރަފުކޮށް ހިންގުން

ޓިވެކްއާއިއެކު އެއްބަސްވުމެއް ހަދައި ޒުވާނުންނަށް ސަބްސިޑައިޒް ކުރެވިފައިވާ އަގުހެޔޮ ޕްރޮގްރާމްތަކެއް ހިންގައިދިނުން

"އަވަށު އިޖުތިމާއީ މަރުކަޒު" ކޮންމެ އަވަށެއްގައި ގާއިމުކުރުމާއި، އިސްރަށްވެހިންގެ ރިކްރިއޭޝަން ކްލަބުތައް އުފެއްދުން

ކަމާއި ބެހޭ ފަންނީ ލަފައާއިއެކު އިޖުތިމާއީ މަރުކަޒު އަދި އިސްރަށްވެހިންގެ ރިކްރިއޭޝަން ކުލަބުތައް ގާއިމްކުރާނެ ތަންތަން ކަނޑައެޅުމާއި ކުރެހުންތައް ހެދުން

ތައްޔާރު ކުރެވޭ ކުރެހުންތަކަށް އާންމު ރައްޔިތުންނާއި އިސް ރައްވެހިންގެ މަޝްވަރާއާއި ލަފާ ހޯދުން

އިސްރައްވެހިންގެ ރެކްރިއޭޝަން ކުލަބުތައް ގާއިމްކުރުމުގައި އިސް ރައްވެހިންގެ ޖަމިއްޔާގެ ބައިވެރިވުން ހޯދުން

އަވަށު އިޖުތިމާއީ މަރުކަޒު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރ އާއި ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުން

އަވަށު އިޖްތިމާޢީ މަރުކަޒު އަދި އިސްރަށްވެހިންގެ ރިކްރިއޭޝަން ކްލަބް އަޅަން ފެށުން

ސިޓީ ކައުންސިލްގެ ބައިވެރިވުމާއިއެކު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓް" ޤާއިމްކުރުން

ކަމާއި ބެހޭ ފަންނީ ލަފައާއިއެކު ކަނބަލުންގެ މާރުކޭޓު ގާއިމްކުރާނެ ތަންތަން ކަނޑައެޅުމާއި ކުރެހުންތައް ހެދުން

ތައްޔާރު ކުރެވޭ ކުރެހުންތަކަށް އާންމު ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯދުން

ކަނބަލުންގެ މާރުކޭޓު ބިނާކުރުމުގައި ކަމާއި ގުޅޭ އެންޖީއޯތަކާއި ޕްރައިވެޓް ސެކްޓަރ އާއި ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުން

ކޮންމެ އަވަށެއްގައި ކަނބަލުންގެ ކޯޕަރޭޓިވްސްތަކެއް އުފެއްދުމަށް އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަން ހޯދައި މި މާރުކޭޓުތަކަކީ ކޯޕަރޭޓިވްސް ތަކަކުން ހިންގާ ތަންތަން ކަމުގައި ހެދުން

ކޯޕަރޭޓިވްސްތަކުގެ މެމްބަރުންނަށް ޓްރޭނިންގ ދިނުން

ގޭގައި ތިބޭ ކަނބަލުންނަށް އާމްދަނީ ހޯދޭނެ ވަސީލަތްތަށް ސިޓީ ކައުންސިލުން ފަހިކޮށްދިނުން

ގޭގައި ތިބޭ ކަނބަލުންގެ ހިޔާލާއި މަޝްވަރާ ހޯދުން

ސިޓީކައުންސިލާއި ކަނބަލުންގެ ކޯޕަރޭޓިވްސް ތަކާއި ގުޅިގެން އަދި އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއި އެކު ގޭގައި ތިބޭ ކަނބަލުންނަށް އާމްދަނީ ހޯދޭގެ ގޮތްތައް ފަހިކޮށްދިނުން

ސިޓީ ކައުންސިލްއާއި ގުޅިގެން ކްލަބް ޖަމިއްޔާތަކަށް އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދިނުން

މާލޭގައި ހިންގަމުންދާ ކުލަބު ޖަމުއިއްޔާތަކާއި ޖަމާއަތްތަކުގެ ދަފްތަރެއް އެކުލަވާލުން

ދެފަރާތައް ފައިދާވާނެ ގޮތަށް މަޝްވަރާކުރެވި އެއްބަސްވުންތަކުގައި ސޮއިކުރުން

ލޯކަލް އެންޖީއޯ ތަކުގެ އޮފީސް ހިންގާނެ ޖާގަ ފޯރިކޮށްދިނުން

ދެފަރާތައް ފައިދާވާގޮތަށް އެއްބަސްވާ އެންޖީއޯތަކަށް ޖާގަ ކަނޑައަޅައިދިނުން

މާލޭގެ ރައްޔިތުންގެ ތެރޭގައި ތިބި ވަޒީފާ ނެތް މީހުން ދެނަގަނެ ދިރާސާކޮށް ވަޒީފާއާއި މަސައްކަތް ހޯދާ ދިނުމަށް މަސައްކަތްކުރުން

ކަމާއި ބެހޭ ދިރާސާކުރުން

ތަމްރީނު ބޭނުންވާ ފަރާތްތަކަށް ތަމްރީނު ހޯދޭނެ މަގުފައިކޮށްދިނުން

ސިޓީ ކައުންސިލުން ހިންގާ އެކިއެކި މަޝްރޫޢުތަކުގައި ވަޒީފާ ނެތް ފަރާތްތަކަށް މަގު ފަހިކޮށްދިނުން

ވަޒީފާ ނެތް ފަރާތްތަކަށް އާމްދަނީ ހޯދޭނެ ފުރުސަތު ތަނަވަސްކޮށްދިނުން

ކަމާއި ގުޅޭ ގާނޫނީ ލަފާ ހޯދައި ސިވިލް ސާރވިސް ކޮމިޝަންގެ އެއްބާރުލުން ހޯދަން މަސައްކަތް ކުރުން

ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންކުރަމުންދާ ގޮތް އިސްލާހުކޮށް ވިލިމާލޭގެ ގިނަ އާއްމު ރައްޔިތުންނަށް އެތަނުގެ ބޭނުން ހިފޭނެ ގޮތަށް ބަދަލުކުރުން

ސަރަހައްދު ބޭނުން ކުރަމުންދާގޮތުގެ އޮޑިޓެއް ހެދުން

ވިލިމާލޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން

ކަމާގުޅޭ ގާނޫނީ ލަފާ ހޯދުން

ސިނާއީ ސަރަހައްދުގެ މަގުސަދާއި ހިލާފަށް ހިންގަމުންދާ ކަންކަން ހުއްޓަވާ އެތަންތަން ހުސްކުރުވުން

ފަންނީ ފަރާތްތަކުގެ އެހީއާއި އެއްކޮށް އަލުން ޕްލޭން ކުރުން

ވިލިމާލޭ ރައްޔިތުންނަށް ފައިދާވާ ގޮތަށް އެ ބިންތައް ދޫކުރުން

ވިލިމާލޭގެ ރައްޔިތުންނަށް މަސްމާރުކޭޓުގެ ހިދުމަތް ޤާއިމްކޮށްދިނުން

ކަަމާއި ބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި އެއްކޮށް މިކްސްޑް ޔޫޒް ޑިވެލޮޕްމެންޓް ކޮންސެޕްޓަށް ޑިޒައިން ކޮށް ރައްޔިތުންގެ މަޝްވަރާ ހޯދުން

އަމިއްލަ ހަރަދުގައި / ސަރުކާރުގެ ބަޖެޓުން މަސް މާރުކޭޓު އަޅައި ހިންގާނެ ފަރާތެއް ހޯދައި ހަވާލުކުރުން

ވިލިމާލޭގެ ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ވިލިމާލޭގެ ބަނދަރު ބޭނުންކުރެވޭ ގޮތަށް ބަދަލުކުރުން

ބަނދަރު ބޭނުން ކުރާގޮތުގެ އޮޑިޓެއް ހެދުން

ރައްޔިތުންގެ ހިޔާލު ހޯދުން

ފަންނީ ލަފާ ހޯދުން

ގާނޫނީ ލަފާ ހޯދުން

ވިލިމާލޭ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ބަނދަރު ބޭނުން ކުރަން ފެށުން

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާ މާލެ ސިޓީގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި މަޝްރޫޢުތައް ހިންގުން

ކުދި ވިޔަފާރިތަކަށް ހުއްދަ ލިބޭނެ ފަހި މާހައުލެއް ޤާއިމްކުރުން

ކަމާއި ގުޅޭ ގާނޫނީ ލަފާ ހޯދުން

ސިޓި ކައުންސިލުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ޖާގައަކުން ނުވަތަ ބިމަކުން ކުދި ވިޔަފާރިތައް ފެއްޓުމަށް ފުރުސަތު ލިބޭނެ ގޮތް މަގުފަހިކުރުން

ޒުވާނުންނާއި ކަނބަލުންނަށް ހާއްސަކޮށް ވިޔަފާރި ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ މަޝްރޫޢުތަކެއް ހިންގުން

ރަަސްފަންނު ސަރަހައްދުގަ ގާރޑެން ޕްލާޒާ ޕްރޮޖެކްޓްގެ ނަމުގަ ހާއްސަ މަޝްރޫއެއް ހިންގުން

ހުޅުމާލެ މަގުތަށް އަދި ބީޗް ކުނިކަހާ މީހުންގެ އުޖޫރަ މަތިކޮށްދިނިމަށް މަސައްކަތްކޮށްދިނުން

މިހާރުދޭ 7000ރފ، 10000ރފ އަށް ބޮޑުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކޮށްދިނުން

ހުޅުމާލޭގެައި ފަރުމަހަށް ދާ މަސްވެރިންނަށް ފަރުމަހަށް ޙާއްސަ މާރުކޭޓެއް ހެދުން

މަސްވެރިންގެ އެހީތެރި ކަމާއެކު އެޗްޑީސީގެ ބައިވެރިވުން ހޯދައިގެން މާރުކޭޓު އެޅުން

އިރުއޮއްސި 6 ކުން ފެށިގެން ވިޔަފާރި ވަގުތު ބަންދުވުމާއި ހަމައަށް ހުޅުމާލެ ބީޗް ގެސްޓް ހައުސް، ކެފޭ، ރެސްޓޯރަންޓް ވިޔަފާރި ތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސުން. އަދި އާއްމުންނަށް ފަތިހު 5 އިން އިރުއޮށްސި 6 އަށް ބީޗް ބޭނުނުްކުރެވޭގޮތައް ހަމަޖެއްސުން

ކަމާބެހޭ ޤަރާރު ފާސްކުރުން

އާންމުންނާއި ވިޔަފާރިވެރިންގެ ހިޔާލުހޯދުން

ކަމާ ގުޅޭ ގަވައިދެއް ހަދައި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ވިލިމާލޭގައި ކަނޑައެޅޭ ސަރަޙައްދުތަކުގައި ގާޑިޔާ "ސްޓްރީޓް ފުޑް" ތައާރަފްކުރުން

ކަމާގުޅޭ އިދާރާގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ސްޓްރީޓް ފުޑް ތަންތަން ހިންގާނެ ފަރާތްތައް ހޯދާ ހަވާލުކުރުން

ތަން ހިނގަމުން ދާ ގޮތް ބެލެހެއްޓުމަށް ސުޕަވައިޒަރުން ކަނޑައަޅައި ހަވާލުކުރުން

ޑިޖިޓަލް މާލެ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޑިޖިޓަލް މާލޭގެ އަމާޒުތައް

އިތުރު މައުލޫމާތު

ޗާލު މާލެސިޓީ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޗާލު މާލެސިޓީގެ އަމާޒުތައް

އިތުރު މައުލޫމާތު

ހިތްފަސޭހަ މަގުމަތި

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހިތްފަސޭހަ މަގުމަތީގެ އަމާޒުތައް

އިތުރު މައުލޫމާތު

ބިންވެރި ރައްޔިތެއް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ބިންވެރި ރައްޔިތެއްގެ އަމާޒުތައް

އިތުރު މައުލޫމާތު

ފުދުންތެރި ދިރިއުޅުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ފުދުންތެރި ދިރިއުޅުމުގެ އަމާޒުތައް

އިތުރު މައުލޫމާތު

ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ރައްޔިތުންނާއި ބައްދަލުވާ ކައުންސިލްގެ އަމާޒުތައް

އިތުރު މައުލޫމާތު

ހަރުދަނާ އިދާރީ ހިންގުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހަރުދަނާ އިދާރީ ހިންގުމުގެ އަމާޒުތައް

އިތުރު މައުލޫމާތު