ބިންވެރި ރައްޔިތެއް

މާލޭ ސިޓީގައި ހިމެނޭ ރައްޔިތުންނަކީ އެބައި މީހުންގެ މުހުތާދުތަކަށް ބޭނުންވާ ބިންތައް ލިބުމުގެ ފުރުޞަތު ފަހިވެފައިވާ ރައްޔިތެއްކަމުގައި ވާންޖެހޭ. އޭގެތެރޭގައި ގޯތިގެދޮރާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް ބޭނުންވާ ބިންތައް ލިބުން ހިމެނޭ. މާލެ ތޮއްޖެހިފައި ވިއަސް މާލޭ ސިޓީގެ ހުޅުމާލެއާއި ސަރަޙައްދުގައި ހިމެނޭ ގުޅީފަޅުގެ ފައިދާނަގައި އަދި ސަރަޙައްދުގެ ކައުންސިލްތަކާއެކު އޮންނަ ގާތްގުޅުމުގެތެރެއިން ހައްލު ގެނައުމަކީ ކުރެވިދާނެކަމަކަށްވާތީ ސިޓީ ކައުންސިލް ދެމި އޮންނާނީ މިކަމުގައި ފުރޮޅަންޖެހުނު ކޮންމެ ގަލެއް ފުރޮޅައި ކެނޑިނޭޅި މަސައްކަތްކުރުންމަތީ.

މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުން

މާލޭގެ ބިމުގެ އޮޑިޓެއް ހެދުން

އެންމެ ފަހުގެ އަޕްޑޭޓެޑް ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާ ކުރުން

ލޭންޑް ސާރވޭ ހަދަންޖެހޭ ތަންތަން ހަދާ ލޭންޑް ޔޫސް ޕްލޭން ފުރިހަމަކުރުން

ފައިނަލް ކުރެވޭ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނަށް ފެންނާނެގޮތަށް ހަމަޖެއްސުން

މާލޭގެ މަގުތަކާ އާންމު ސަރަހައްދުތަކާ ބިންތައް، އިންޑަސްޓްރިއަލް ވިލެޖުގެ ބިން ހިމެނޭގޮތުން، ލާމަރުކަޒީ ގާނޫނުގާ ބަޔާންކޮށްފައިވާ ގޮތަށް ސިޓީ ކައުންސިލާ ހަވާލުކުރުމަށް (ޑިވޯލްތް ކުރުމަށް) ބިމާ ބެހޭ ވުޒާރާއަށް ދެންނެވުން

ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކުރެވޭ ބިންތައް ހިމެނޭގޮތަށް ތަފްސީލް ލިސްޓެއް ތައްޔާރުކޮށް ބިމާބެހޭ ވުޒާރާއަށް ހުށަހެޅުން

މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލޭ ރަށްވެހިންނަށް ފޯރުކޮށްދިނުން

ކަމާބެހޭ ނިންމުން ކައުންސިލުން ފާސްކުރުން

އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެގްރީމެންޓް ހަދާފައިވާ ސަރުކާރުގެ ކުންފުނިތަކާ މުއައްސަސާތަކުގެ ބިންތައް ބަދަލުކުރަން މުހުލަތެއްދީ އެގްރީމެންޓް ތަންފީޒު ކުރުވުން(1 މަހާ 6 މަސް ދުވަހާ ދޭތެރޭގެ މުހުލަތެއް ދިނުން)

މިގޮތުން ހުސްކުރެވޭނެ ބިންތައް ހިމެނޭ ގޮތުން މަދުވެގެން 2000 ހައުސިންގ ޔުނިޓާ އެއާ ގުޅޭ ޕާރކުތަކާ ޚިދުމަތްތައް ހިމެނޭ ގޮތަށް ޕްލޭން ކުރުމަށް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުން

ކަމާބެހޭ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކީގައި ހުރިހާ ޓެކްނިކަލް ކުރެހުންތަކާ ފައިނޭންޝަލް ޑޮކިއުމެންޓުތައް ތައްޔާރުކުރުން

ރައީސުލް ޖުމްހޫރިއްޔާއަށް މި މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދުން

މަޝްރޫއު ކުރިޔަށް ގެންދިޔުން

ފްލެޓް ލިބޭނޭ ފަރާތްތައް ކަނޑައެޅުން

ފްލެޓް ގުރުއަތުލާ، އެގްރީމެންޓްކުރުން

ވިލިމާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން (ލޭންޑް ޔޫސް ޕްލޭން) ހެދުން

ވިލިމާލޭގެ ބިމުގެ އޮޑިޓެއް ހެދުން

އެންމެ ފަހުގެ އަޕްޑޭޓެޑް ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާ ހިއްސާ ކުރުން

ލޭންޑް ސާރވޭ ހަދަންޖެހޭ ތަންތަން ހަދާ ލޭންޑް ޔޫސް ޕްލޭން ފުރިހަމަކުރުން

ފައިނަލް ކުރެވޭ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނަށް ފެންނާނެގޮތަށް ހަމަޖެއްސުން

ވިލިމާލޭގެ މަގުތަކާ އާންމު ސަރަހައްދުތަކާ ބިންތައް، ލާމަރުކަޒީ ގާނޫނުގާ ބަޔާންކޮށްފައިވާ ގޮތަށް ސިޓީ ކައުންސިލާ ހަވާލުކުރުމަށް (ޑިވޯލްވް ކުރުމަށް) ބިމާ ބެހޭ ވުޒާރާއަށް ދެންނެވުން

ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކުރެވޭ ބިންތައް ހިމެނޭގޮތަށް ތަފްސީލް ލިސްޓެއް ތައްޔާރުކޮށް ބިމާބެހޭ ވުޒާރާއަށް ހުށަހެޅުން

ވިލިމާލޭގެ ރަށްވެހިންނަށް 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން

ކަމާބެހޭ ނިންމުން ކައުންސިލުން ފާސްކުރުން

މަދުވެގެން 500 ހައުސިންގ ޔުނިޓާ އެއާ ގުޅޭ ޕާރކުތަކާ ޚިދުމަތްތައް ހިމެނޭ ގޮތަށް ޕްލޭން ކުރުމަށް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުން

ކަމާބެހޭ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކީގައި ހުރިހާ ޓެކްނިކަލް ކުރެހުންތަކާ ފައިނޭންޝަލް ޑޮކިއުމެންޓުތައް ތައްޔާރުކުރުން

ރައީސުލް ޖުމްހޫރިއްޔާއަށް މި މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދުން

މަޝްރޫއު ކުރިޔަށް ގެންދިޔުން

މާލޭގެ ދަފްތަރުގައި ތިބި ފަރާތްތަކުގެ ޑޭޓާބޭސް ފުރިހަމަކޮށް އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުން

މާލޭގެ ދަފްތަރުގައި ޖެހިފައިތިބި ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ސަރުކާރާ މަޝްވަރާކޮށް ކަނޑައެޅެންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލުމަށް ނިންމުން ކައުންސިލްއިން ފާސްކުރުން

ކަމާ ގުޅޭ މަގު ޗާޓު ދަފްތަރުގައި ޖެހިފައިތިބި ފަރާތްތަކާ އަދި ފަންނީ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާ ޢާއްމުކުރުން

ދަފްތަރުގެ ޑޭޓާބޭސް ފުރިހަމަކުރުމަށް ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތަކުގެ އެހީތެރިކަމާ އެކު ހާއްސަ ޕްރޮގްރާމެއް އެކުލަވާލާ ހިންގުން

ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ދަފްތަރުގައި ޖެހިފައި ތިބި ފަރާތްތަކުގެ އެހީތެރިކަމާ އެކު ހާއްސަ ޕްރޮގްރާމެއް އެކުލަވާލާ ހިންގުން

މާލެއާ ވިލިމާލޭގެ ރައްވެހިންގެ ދިރިއުޅުމުގެ ހާލަތާ، ގެދޮރުވެރިވުމާމެދު ރައްޔިތުން ބޭނުންވާ ގޮތާ ގުޅޭ ތަފްސީލް މައުލޫމާތު އެއްކުރުމަށް ހާއްސަ ސާރވޭއެއް ހިންގުން

ބުލޮކް ލީޑަރުންގެ ބައިވެރި ވުމާއިއެކު ދާއިރާގެ ކައުންސިލަރުގެ ބެލުމުގެ ދަށުން ޓީމްތަކެއް އެކުލަވާލައި ސާރވޭ ކުރުން

ސާރވޭ ރިޕޯޓު ޝާއިރުކުރުން

ވިލިމާލޭގައި އާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުރުކުރުމަށް މަސައްކަތްކުރުން

ކަމާ ބެހޭ ނިންމުން ކައުންސިލްއިން ފާސްކުރުން

ވިލިމާލޭގެ ރައްޔިތުންނާއި އެކު އާންމު ބައްދަލުވުމެއް ބާއްވާ ރައްޔިތުންގެ ހިޔާލު ހުރިގޮތުގެ ލިޔުމެއް ތައްޔާރުކުރުން

ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފާ ހޯދުން

ކަމާ ބެހޭ ގަވައިދަށް އިސްލާހުގެނައުމަށް ސަރުކާރަށް ހުށަހެޅުން

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާ މާލެ ސިޓީގެ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުން

ގުޅީފަޅަކީ މާލޭ ރަށްވެހިންގެ ގެދޮރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހެދުމަށް ހުއްޓާނުލާ މަސައްކަތްކުރުން

ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް ހެދުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތް ކުރުމަށް ނިންމުން ފާސްކުރުން

ރައީސުލް ޖުމްހޫރިއްޔާއާ އެކު އޮންނަ ފުރަތަމަ ބައްދަލުވުމުގައި ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން ދެންނެވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމެންޓާއެކު އޮންނަ ފުރަތަމަ ބައްދަލުވުމުގައި ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން ދެންނެވުން

ކަމާ ގުޅޭ ފަންނީ ފަރާތްތަކުގެ ލަފައާއި އެއްކޮށް ޕްލޭން އެކުލަވާލުން

ތައްޔާރުކުރެވޭ ޕްލޭން ރައްޔިތުންނާ ޙިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުން

ރައްޔިތުންގެ ޚިޔާލް ހިމަނައިގެން ތައްޔާރުކުރެވޭ ޕްލޭން ކައުންސިލުން ފާސްކުރުން

ކަައުންސިލުން ފާސްކުރާ ޕްލޭނާއި އެއްގޮތަށް ގުޅިފަޅުގެ މަޝްރޫޢު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖްލިހާއި، މިނިސްޓަރުންނާއި މަޝްވަރާކޮށް މަ ސައްކަތްކުރުން

މާލޭގައި ހުންނަ ސިނަމާލެ މާލެހިޔާ ފުލެޓުތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފުލެޓުތައް މަރާމާތު ކުރުން

މިހާރުގެ ހާލަތު ދެނެގަތުމަށް ސާރވޭކުރުން

މަރާމާތު ކުރާނެ ބަޔަކު ހޯދާ މަރާމާތުކުރުން

ދެމެހެއްޓެނިވި ގޮތެއްގައި ފުލެޓު އިމާރާތްތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން

ސިނަމާލެ މާލެހިޔާ ފުލެޓުތައް އަމިއްލަވެ ރަޖިސްޓްރީ ހަދަންޖެހިފައިވާ ފަރާތްތަކާ އަދި އެކި ސަބަބުތަކާ ހެދި ރަޖިސްޓްރީ ނުހެދިވާ ފަރާތްތަކުގެ ރަޖިސްޓްރީ ހަދައިދިނުން

މިފަދަ ފަރާތްތައް ހޯދުމަށް ސާރވޭ ކުރުން

ހާއްސަ ޓާސްކް ފޯސްއެއް އުފެއްދުން

ޓާސްކް ފޯސް މެދުވެރިކޮށް ރަޖިސްޓްރީތައް ހަދައިދިނުން

ސިނަމާލެ މާލެހިޔާ ފުލެޓުތަކުގެ ޖޫރިމަނާއާ މެދު ލުއި ގޮތްތަކެއް ހޯދައިދިނުން

ޖޫރިމަނާ ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުން

ކަމާ ގުޅޭ ގާނޫނީ ލަފާ ހޯދުން

ކަމާގުޅޭ އެންމެހައި ފަރާތްތަކާއި މަޝްވަރާކޮށް ޖޫރިމަނާއާ މެދު ގޮތެއް ނިންމުން

ސިނަމާލެ މާލެހިޔާ ފުލެޓުތައް ބަލަހައްޓާނެ އޮފީސް ފުލެޓު ސަރަހައްދުގައި ގާއިމްކޮށް ހިންގުން

އޮފީސް ޖާގަ ހަމަ ޖެއްސުން

މުވައްޒަފުން ހަމަޖެއްސުން

އޮފީސް ހިންގަން ފެށުން

ސިނަމާލެ މާލެހިޔާ ފުލެޓުތައް ހިމެނޭ ސަރަހައްދުގެ ރަައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ފެށިފައިވާ ސީސީޓީވީ ނިޒާމް ފުރިހަމަކޮށް ސެކިއުރިޓީ ބެލެހެއްޓޭނެ ގޮތް ހަމަޖެއްސުން

މޯލްޑިވިސް ޕޮލިސް ސާރވިސްއާ އެކު ވެފައިވާ އެއްބަސްވުން ގޮސްފައިވާ ހިސާބެއް ބަލައި ތަންފީޒުކުރުން

ހުޅުމާލެގެ ރަޖިސްޓްރީއަށް ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ ރަޖީސްޓްރީ ބަދަލުކުރުން އަވަސްކުރެވުން

ރަޖިސްޓްރީ ހަދަންޖެހޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުން

ހާއްސަ ޓާސްކް ފޯސްއެއް އުފައްދައި، ގާނޫނީ ލަފާ ހޯދާ، ރަޖިސްޓްރީތައް ހެދުމުގެ މަސައްކަތް ފެށުން

ހުޅުމާލެގެ އާންމު ރައްޔިތުންގެ ގޯތީގައި 10 ބުރިޔަށް އިމާރާތްކުރެވޭގޮތަށް ގަވައިދު ބަދަލުކުރުމަށް އެޗްޑީސީއަށް ހުށަހެޅުން

ރައްޔިތުންގެ ހިޔާލާ މަޝްވަރާހޯދުން

ފަންނީ ލަފާ ހޯދުން

ގާނޫނީ ލަފާ ހޯދުން

އެޗްޑީސީގެ ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން

ހުޅުމާލޭގެ ފުލެޓުތަކުގެ މެއިންޓެނެންސް ފީ ހަމަހަމަކޮށް ހަރުދަނާ އުސޫލެއް ކަނޑައެޅުން

މިހާރު ނަގަމުންދާ މެއިންޓެނެންސް ފީ ތަކާބެހޭ މައުލޫމާތު އެއްކޮށް އެޗްޑީސީއާ ބައްދަލުކޮށް ފީ ހަމަހަމަ ކުރެވޭނެގޮތަކާމެދު އެއްބަސްވުން

ހުޅުމާލެ ފުލެޓު ތަކުގެ ކުއްޔަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުން. އަދި ނުދެއްކިވާ ކުއްޔާށް ހަމަޖެހޭ އުސޫލެއް ކަނޑައެޅުމަށް މަސައްކަތްކުރުން

މިހާރު ނަގަމުންދާ މެއިންޓެނެންސް ފީ ތަކާބެހޭ މައުލޫމާތު އެއްކޮށް އެޗްޑީސީއާ ބައްދަލުކޮށް ފީ ހަމަހަމަ ކުރެވޭނެގޮތަކާމެދު އެއްބަސްވުން

މިކަމާ ގުޅޭގޮތުން ރައީސް އޮފީހާއި މަޝްވަރާކުރުން

ހައުސިންގ މަޝްރޫއެއް ހިންގުމަށް ނަގާ ބޭނުން ކުރުމަށް ނުދާ ބިންތަކާމެދު ގޮތެއް ނިންމުން

އޯޑިޔޯން، ނާދީ ބިމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ ހިޔާލު ހޯދުން

ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މި ދެ ބިމާމެދު ގޮތެއް ނިންމައި މާލޭ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ދެ ބިމުގެ ބޭނުން ހިފަން ފެށުން

މިސްކިތްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ އާބާތުރަ ފިލުވާ، ރީތިކޮށް ބަލަހައްޓާ، މިސްކިތުގެ ޤަދަރު ހިފެހެއްޓުން

މާލޭގައި ހުރި މިސްކިތްތަކުގެ ހާލަތު ދެނެގަތުމަށް ސާރވޭއެއް ހިންގުން

ވިޔަފާރިވެރިންނާ ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކުގެ ސީދާ ބައިވެރިވުން ހިމެނޭ ގޮތަށް މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގާ ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން

މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމްކުރުން

މިސްކިތްތައް ބަލަހައްޓާނެ ސުޕަވައިޒަރުން ހޯދާ ތަމްރީނުކުރުން

ޑިޖިޓަލް މާލެ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޑިޖިޓަލް މާލޭގެ އަމާޒުތައް

އިތުރު މައުލޫމާތު

ޗާލު މާލެސިޓީ

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ޗާލު މާލެސިޓީގެ އަމާޒުތައް

އިތުރު މައުލޫމާތު

ފުދުންތެރި ދިރިއުޅުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ފުދުންތެރި ދިރިއުޅުމުގެ އަމާޒުތައް

އިތުރު މައުލޫމާތު

ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ރައްޔިތުންނާއި ބައްދަލުވާ ކައުންސިލްގެ އަމާޒުތައް

އިތުރު މައުލޫމާތު

ހިތްފަސޭހަ މަގުމަތި

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހިތްފަސޭހަ މަގުމަތީގެ އަމާޒުތައް

އިތުރު މައުލޫމާތު

ބިންވެރި ރައްޔިތެއް

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ބިންވެރި ރައްޔިތެއްގެ އަމާޒުތައް

އިތުރު މައުލޫމާތު

ހަރުދަނާ އިދާރީ ހިންގުން

މާލެސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން - ހަރުދަނާ އިދާރީ ހިންގުމުގެ އަމާޒުތައް

އިތުރު މައުލޫމާތު